Advertisement

31 Mar 2024
ދީން

މީސް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށް ސަވާބާއި ދަރުމަ ހޯދިދާނެ ގޮތެއް

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެއެވެ.

"ނޫން.އެމްވީ" ގެ "ރޯދައާ ހެޔޮ އަމަލު"ގެ ފަނަރަވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ ހެޔޮކަންކަމަށް މަގުދެއްކުމާ ގުޅޭ ގޮތުންނެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ;

مَن دَلَّ علَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ

މާނައީ: "ހެޔޮކަމަކަށް މަގުދެއްކި މީހާ ދަންނައެވެފަހެ އޭނާއަށް އެ ހެޔޮކަމެއް ކުރި މީހާގެ އަޖުރު ވެއެވެ." 

ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުންނޭވެ. މި ޒަމާނުގައި މިއީ ކިހާ ފަސޭހަކަމެއްތޯއެވެ. ގިނަ މީހުންނަކީ މީސް މީޑިއާގެ ވަޞީލަތްތައް ބޭނުންކުރާ މީހުންނެވެ. އެފަދަ ވަޞީލަތްތަކުން ޢިލްމު ފަތުރާނަމަ، އެތައް ބަޔަކަށް ރަނގަޅު ގޮތް އެނގިގެންދާނެއެވެ. އަދި އެއާ އެއްގޮތަށް ގިނަ ބަޔަކު ޢަމަލުކުރާނެއެވެ. ނަތީޖާއެއްގެ ގޮތުން އެ ޢިލްމު ފެތުރުމުގައި ބައިވެރިވި ކޮންމެ މީހަކަށް އެއާ އެއްގޮތަށް ޢަމަލުކުރަމުންދާ މީހުންނަށް ލިބިގެންދާ ސަވާބާ ދަރުމަ ލިބިލިބި ހުންނާނެއެވެ. އެހެންކަމުން އަޅުގަނޑުމެންނަކީ މިކަމަށް ސަމާލުކަންދޭ ބަޔަކަށް ވަމާތޯއެވެ.

މި މަޢުޟޫޢުއާ ގުޅޭގޮތުން ޝެއިޙް ދެއްކެވި ވާހަކަ އަޑު އެއްސެވުމަށް ވީޑިއޯ ޕްލޭ ކުރައްވާ!

ކޮމެންޓް
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.