Advertisement

29 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އަލޮންސޯ ލެވަކޫސެންގައި މަޑުކުރަން ނިންމައިފި

ޔޫރަޕްގެ ބޮޑެތި ކްލަބުތައް ކަމުގައިވާ ލިވަޕޫލާއި، ބެޔާން މިއުނިކް އަދި ރެއާލް މެޑްރިޑުން ފާރaވެރިވަމުން ދިޔަ ނަމަވެސް، މި އަންނަ ސީޒަންގައި ބެޔާން ލެވަކޫސެންގައި މަޑު ކުރުމަށް ޒަބީ އަލޮންސޯ ނިންމާފައިވާކަމަށް ޖަރުމަނުގެ މީޑިއާތަކުގައި ބުނެފިއެވެ.

އަލޮންސޯގެ ޖަވާބަކަށް އެންމެ ކެތް މަދުވެފައި އޮތް އެއް ޓީމަކީ އިނގިރޭސިވިލާތުގެ ލިވަޕޫލެވެ. ސަބަބަކީ މި ސީޒަނަށްފަހު އެ ކްލަބުގެ ކޯޗު ޔާގެން ކްލޮޕް އޭނާގެ މަގާމު ދޫކޮށްލަން ނިންމާފައިވުމެވެ. އެހެންކަމުން އަންނަ ސީޒަނުގައި ކްލޮޕްގެ ބަދަލެއް ކޮންމެހެން ވެސް އެ ޓީމަށް އޮތީ ބޭނުންވެފައެވެ. ނަމަވެސް އަލޮންސޯގެ މި ނިންމުމާއެކީ ލިވަޕޫލަށް އެހެން ގޮތެއް ހޯދަން އަވަހަށް މަސައްކަތް ކުރުމަށް މަޖުބޫރު ވާނެއެވެ.

ލެވަކޫސަންގެ ކޯޗުގެ މަގާމަށް އަލޮންސޯ ހަމަޖައްސާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އަދި އޭނާ އެންމެ ފަހުން އެ ޓީމާ އެކު ހެދި ކޮންޓްރެކްޓް އޮތީ، ޖޫން 2026 ގެ ނިޔަލަށެވެ. މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އަންނަ އަހަރުގެ ޖޫން މަހުގެ ފަހުން، އެ ކޮންޓްރެކްޓް އުވާލަން ފީއެއް ނުދައްކައި ވެސް އަލޮންސޯ އަށް އެހެން ޓީމަކަށް ބަދަލުވެވޭނެއެވެ. ނަމަވެސް މި ސީޒަނަށްފަހު އޭނާ ޓީމު ބަދަލުކުރާނަމަ ޓްރާންސްފާ ފީގެ ގޮތުގައި27 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އަލޮންސޯއަށް ފާރަވެރިވާން ފެށީ، ޖަރުމަނުގެ ބެޔާން ލެވަކޫސެންއާއެކު އޭނާ މި ސީޒަންގައި ހޯދަމުންދާ ނަތީޖާތަކުގެ ސަބަބުންނެވެ. ލެވަކޫސެން އަދި މިހާތަނަށް މި ސީޒަނުގައި އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ނެގުމަށް އެ ޓީމު އަންނަނީ ވަރުގަދައަށް ހުވަފެން ދެކެމުންނެވެ. ލީގުގައު ބާކީ 8 މެޗު އޮތް އިރު ލެވަކޫސެން އޮތީ ދެވަނައިގައި އޮތް ބެޔާން މިއުނިކަށް ވުރެން 10 ޕޮއިންޓު ކުރީގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.