Advertisement

ޓަކަމަސޫ އާ އޭނާގެ އަނބިމީހާ ޔޫކޯ، އަދި ޓަކަމަސޫ ޑައިވިންގ ހެދުމުގައި --

29 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ސުނާމީގައި ކަނޑަށް ގެއްލުނު އަނބިމީހާ ފެނޭތޯ ފީނާތާ 11 އަހަރު!

ސުނާމީ ކާރިސާއެއްގެ ބިރުވެރި ހަނދާންތަކާއި ހިތްދަތި އިޙްސާސްތަކަކީ، އެކަން ތަހައްމަލު ކުރި މީހަކަށް މެނުވީ ވަޒަންވެސް ކޮށް ނުލެވޭނެ އިޙްސާސްތަކެކެވެ. އެއީ ލޯމަރާލާފައި ލޯހުޅުވާލި އިރު އުޑު ބޮލަށް ވެއްޓުނީޔޭ ހީވާފަދަ ބޮޑު ބަދަލެއް ހަޔާތަށް ގެނުވާ ކާރިސާއެކެވެ. އުފާވެރިކަމާއި އެކު ދިރިއުޅުނު އެތައް އާއިލާއެއްގެ އުފާވެރި ހަޔާތް ކުޑަހިނދުކޮޅެއްގެ ތެރޭގައި އެފުށް މިފުށަށް ޖަހާލަނީ ސުނާމީއެވެ.

2011 ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ފަހުގެ ތާރީޚުގައި އެޤައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ސުނާމީ ކާރިސާއެވެ. އެކާރިސާގައި، ގެއްލިފައިވާ މީހުންގެ އަދަދު 2500 ވުރެ މައްޗެވެ. ގެއްލިފައިވާ މީހުންގެ ތެރެއިން އެކަކީ، ޖަޕާނުގެ ރައްޔިތެއް ކަމުގައިވާ ޓަކަމަސޫގެ އަންހެނުން ޔޫކޯއެވެ.

ޖަޕާނުގައި ދެމަފިރިން އެކަކު އަނެކަކު ދެކެވާ ލޯތްބާއި އެކަކު އަނެކަަކަށް ކުރާ އިޙްތިރާމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންނަށްވެސް މިސާލަކަށް ވާނެއެވެ.

2011 ވަަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހު، ރިކްޓަރ މިންގަނޑުން 9.1ގެ ބާރުމިނުގައި ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި އެކު އުފެދުނު ސުނާމީގައި 20000 ވުރެ ގިނަ މީހުން މަރުވި އިރު، އެއީ ދުނިޔޭގެ ތާރީޚުގައި ލިޔެވުނު 4 ވަނައަށް އެންމެ ގެއްލުން ބޮޑު ގުދުރަތީ ކާރިސާއެވެ.

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި އައްސޭރިފަށުގެ ސަރަހައްދެއް ސުންނާފަތިވެފައި ---

އެކާރިސާގައި ޓަކަމަސޫގެ އަންހެނުން ހިމެނުނީ ވީގޮތެއް ނޭނގިގެއްލުނު މީހުންގެ ތެރޭގައެވެ. ބިންހެލުމާއި ސުނާމީގެ އެލާޓް ލިބުނު ވަގުތުގައި، ޔޫކޯ ޓަކަމަސޫއަށް ފޯނުން މެސެޖްކޮށް އަހާފައި ވަނީ ޓަކަމަސޫ ރަނގަޅުތޯއެވެ. އަދި ގެއަށްދާން ބޭނުން ކަމުގައިވެސް އެ މެސެޖުގައި ޔޫކޯ ބުނެއެވެ. ކަންދިމާކުރި ގޮތުން އެމެސެޖުވީ، ޓަކަމަސޫއަށް ލިބުނު ލޯބިވާ އަނބިމީހާގެ އެންމެ ފަހު މެސެޖަށެވެ.

ސުނާމީގެ ރާޅުގަނޑު މައިތިރި ވުމާއިއެކު އޭރު އުމުރުން 51 އަހަރުގެ ޓަކަމަސޫ މަސައްކަތް ކުރީ، އަނބިމީހާ ހޯދާށެވެ. ކުނިތަކާއި ވެއްޓިފައިވާ ގެތަކުގެ ތެރޭގައި އަތްފުނާ އަޅައިގެން އޭނާއަށް އަނބިމީހާ ފެންނަ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް ސުނާމީ ކާރިސާއަށް މަހެއް ފަހުން އޭނާގެ އަނބިމީހާގެ ފޯނު ހޯދުނެވެ. އެފޯނުން ޓަކަމަސޫއަށް އޭނާގެ އަނބިމީހާ ފޮނުވަން މަސައްކަތްކޮށް އެކަމަކު ޓެކްނިކަލް އެރަރގެ ސަބަބުން ނުފޮނުވި އޮތް މެސެޖެއް ފެނުނެވެ. އެމެސެޖުގައި ޔޫކޯ ލިޔެފައި ވަނީ، ކުރިމަތިވެފައި މިވަނީ ވަރަށް ނުރައްކާތެރި ސުނާމީއެއް ކަމަށެވެ.

ސުނާމީ ކާރިސާގެ ކުރިން ޓަކަމަސޫއަކީ، ބަސް ޑްރައިވަރެކެވެ. އޭނާ ދުވަހަކުވެސް ކަނޑުގައި ފީނާފައެއް ނުވެއެވެ.

އެހެން ނަމަވެސް އަނބިމީހާ ހޯދުމުގެ މަސައްކަތުގައި އޭނާ ހުއްޓައި ނުލައި ކުރިޔަށް ދިޔައެވެ. ސުނާމީ ކާރިސާއަށް 2 އަހަރު ފަހުން އޭނާ ވައިފުޅިއަޅައިގެން ކަނޑުގެ ފުނަށް ފީނަށް ދަސްކުރިއެވެ. އަދި އޭގެ ފަހުން ޕްރޮފެޝަނަލް ޑައިވަރުންނާއި އެކު އައްސޭރިފަށުގެ ކަނޑުގައި އޭނާ އަތްފުނާ އަޅަމުން އަންނަތާ 11 އަހަރުވެއްޖެއެވެ.

ޓަކަމަސޫ - އޭނާ އަނބިމީހާ ހޯދުމަށް ކަނޑުގައި އަތްފުނާ އަޅާތާ 11 އަހަރުވެއްޖެ --

ޓަކަމަސޫ ބުނީ ގެއްލިފައިވާ އަނބިމީހާ ފެނިދާނެކަމަށް ހީނުވިޔަސް އޭނާ އުއްމީދު ކަނޑައި ނުލާނެ ކަމަށެވެ. އަދި އޭނާ ދިރިދުނިޔޭގައި ހުރިހާ ދުވަހަކު، އަނބިމީހާގެ އެއްވެސް އަސަރެއް ފެނޭތޯ މަސައްކަތް ކުރާނެ ކަމުގައި އޭނާ ބުންޏެވެ. 

އަނބިމީހާ ހޯދުމަށް ޓަކަމަސޫ ޖަޕާނުގެ އައްސޭރިފަށުގެ ކަނޑުގައި ހަފްތާއަކު އެއްފަހަރު ފީނައެެވެ. އެގޮތަށް އޭނާ ފީނާތާ މިހާރު 11 އަހަރު ވީއިރު 800 ޑައިވް އޭނާ ކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.