Advertisement

29 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ސުނާމީ ކާރިސާތަކުގަައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރެވޭ ކެޕްސޫލްއެއް!

ދިވެހިރާއްޖެ ފަދަ ބިންތިރި ޖަޒީރާތަކުގަޔާއި އައްސޭރިފަށުގެ ސަރައްހަދުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިލާންޖެހޭ އެންމެ ނުރައްކާތެރި ޤުދުރަތީ ކާރިސާއަކީ ސުނާމީއެވެ. އެކަން 2004 ވަނަ އަހަރު އިންޑޮނީޝިއާގެ ސުމަތުރާއަށް އައި ބާރުގަދަ ބިންހެލުމާއިއެކު އުފެދުނު ސުނާމީ ހާމަވެގެން ދިޔައެވެ. ދިވެހިރާއްޖެ ހިމެނޭގޮތުން، އެފަހަރުގެ ސުނާމީ ކާރިސާގައި ދުނިޔޭގެ 11 ޤައުމަކުން 228،000 ވުރެ ގިނަ މީހުން މަރުވިއެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު މަރުވުމުގެ މައިގަނޑު ސަބަބަކަށްވީ، ސުނާމީއަކީ އެއިން ސަލާމަތްވުމަށް މާގިނަ ވަގުތެއް ލިބޭނެ ކަމަކަށް ނުވާކަމެވެ. މީގެ އިތުރުން ޚާއްޞަކޮށް ރާއްޖެފަދަ ބިންތިރި ޤައުމުތަކުގައި، ސުނާމީއަކާއި ކުރިމަތިވާ ހާލަތުގައި ފުރާނަ ސަލާމަތް ކުރުމައަށް ދާނެ އުސް ބިމެއް ނެތުމަކީ އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ތަޖުރިބާތަކަށް ބަލައި އެމެރިކާގެ ކުންފުންޏަކުން ވަނީ، ސުނާމީ ކާރިސާއެއްގެ ވަގުތުގައި ތިމާ އާއި ތިމާގެ އާއިލާގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރެވިދާނެ ކެޕްސޫލްއެއް އުފައްދާފައެވެ. ސަވައިވަލް ކެޕްސޫލް ނަމަކަށް ކިޔާ އެމެރިކާގެ ކުންފުންޏަކުން މިކެޕްސުލް އުފައްދަން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ.

އެކުންފުނިން އުފައްދާ މި ކެޕްސޫލްތައް ހަދާފައި ހުންނަނީ ވައްކޮށް، އޭގެ ތެރޭގައި މީހުންނަށް ވަދެ ތިބެވޭގޮތަށެވެ. އަދި ސުނާމީއެއް ކުރިމަތިވާ ހާލަތުގައި އޭގެ ކެޕްސޫލްއަކަށް ވަދެ ތިބުމުން، ސުނާމީގެ ރާޅުގަނޑުގެ ތެރޭގައި އޮޔާ ދިޔަ ނަމަވެސް ފުރާނަ ސަލާމަތް ކުރެވެއެވެ. 

މިކެޕްސޫލް ޑިޒައިން ކުރުމުގައިވެސް ބޭނުންކޮށްފައި ވަނީ، މަތިންދާބޯޓު އުފެއްދުމުގެ އިންޖިނިއަރިންނެވެ. ކެޕްސޫލްގެ އޮނިގަނޑު ސްޓީލްއިން ހަދާފައި ހުންނައިރު، އޭގެ ދޮރު ހަދާފައި ހުންނަނީ ފެން ނުވަންނާނެހެން ރަނގަޅަށް ސީލްކޮށްފައެވެ. އަދި ރާޅުގަނޑުގެ ތެރޭގައި ކެޕްސޫލް އޮޔާ ގެންދާނަމަވެސް ފެންމަތީގައި ހުންނާނެހެން އަދި ނުފޮރުޅާނެހެން ޑިޒަައިންކޮށްފައިވެއެވެ. މީގެ އިތުރުން ކެޕްސޫލްގެ އެތެރޭގައި ޝީޓް ބެލްޓް އަޅައިގެން ތިބެވޭ ގޮތަށް ޑިޒައިންކޮށްފައި ވާއިރު، ކެޕްސޫލްގެ ތެރޭގައި އޮކްސިޖަނާއި ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އަސާސީ ތަކެތި ހުންނާނެއެވެ. އަދި ކެޕްސޫލްގައި ޖީޕީއެސް ލޮކޭޝަނާއި ޓްރެކިންގ ޑިވައިސްތައް ހުންނާނެއެވެ.

ސަވައިވަލް ކެޕްސޫލް ކުންފުނިން ހަތް މޮޑެލެއްގެ ކެޕްސޫލް އުފައްދައެވެ. އޭގެ ތެރޭގައި، ޑަޔަމީޓަރުގައި 6 ފޫޓު ހުންނަ ކެޕްސޫލްތަކާއި 7 ފޫޓް ހުންނަ ކެޕްސޫލްތަކާއި 8 ފޫޓު ހުންނަ ކެޕްސޫލްތައް ހިމެނެއެވެ، މިކެޕްސުލްތަކުގައި ތެރޭގައި ބޮޑު ދެމީހުން ފެށިގެން 12 މީހުންނާއި ދެމެދުގެ އަދަދެއްގެ މީހުންނަށް ތިބެވޭ ކެޕްސޫލްތައް ހުރެއެވެ. އަދި ޑަޔަމީޓަރުގައި 8 ފޫޓު ހުންނަ ކެޕްސުލްތަކުގައި ބޮޑު ދެމީހުންނާއި، 14 ކުޑަކުދިންނަށް ތިބެވޭނެއެވެ.

މިކެޕްސޫލްތައް ހަދާފައި ހުންނަނީ، ސުނާމީގެ ރާޅުތަކުން ސަލާމަތްކަން ލިބުމަށްފަހުގައި ހިޔާވައްސެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ ގޮތަށެވެ.

މިއީ ދިވެހިރާއްޖެ ފަދަ ޤައުމުތަކުގައި ދިރިއުޅޭ މީހުންނަށް ކިތަންމެ ބޭނުންތެރި އެއްޗެއް ކަމުގައި ވީނަމަވެސް މީގެ އަގު ހުރީ އަތްފޯރާ ފަށަކު ނޫނެވެ. 

ސުނާމީ ކާރިސާއިން ރައްކާތެރި ވެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މިކެޕްސޫލްގެ އަގުތައް އުޅެނީ، 13،500 ޑޮަލަރާއި، 17،500 ޑޮލަރާއި ދެމެދުގައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 2 ލައްކަ ރުފިޔާ އާއި، 3 ލައްކަ ރުފިޔާ އާއި ދެމެދުގެ އަގެކެވެ. މިއީ، އަހަރެމެން އާދައިގެ ދިވެއްސަކަށް އަތްފޯރާނެ އަގެއް ނޫނެވެ.

އެހެން ނަމަވެސް، ހަވާނާ ހައުސްބޯޓް ނަމަަކަށް ކިޔާ އޮސްޓްރޭލިއާ ކުންފުންޏަކުން 8500 ޑޮަލަރަށް ސުނާމީ ސަވައިވަލް ޕޮޑްސް ވިއްކައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.