Advertisement

ހޯ ވޭން ތަންގެ ދެބަފައިން ޖަންގަލިން ނެރެނީ --

28 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

އެމެރިކާއިން ބޮން އަޅާތީ ފުރާނަ ސަލާމަތް ކުރަން ޖަންގައްޔަށް ވަތް ދެބަފައިން ފެނުނީ 40 އަހަރު ފަހުން!

އިންސާނިއްޔަތާއި ޚިލާފު އެންމެ ހުތުރު އަދި އެންމެ އަނިޔާވެރި ޖަރީމާތައް ހިންގާފައިވާ ޤައުމަކީ، އެމެރިކާ ކަމީ މިޒަމާނުގެ ތާރީޚުން ފެންނަން އޮތް އެންމެ ހަޤީޤަތެވެ. އަދި އެތައް މިލިޔަން ކުށެއްނެތް އާއްމުން އެންމެ ގިނައިން މެރި ޤައުމަކީވެސް އެމެރިކާ ކަމުގައި ވާނެއެވެ. 

ގެއްލުންދެނިވި ބޮޑެތި ހަނގުރާމަތައްކޮށް ނާކާމިޔާބީއާ ކުރިމަތިވެފައިވާ ޤައުމަކީވެސް އެމެރިކާއެވެ. 

އެމެރިކާއަށް ނާކާމިޔާބީއާ ކުރިމަތިވެ 1973 ވަނަ އަހަރު، ވިއެޓްނާމް ހަނގުރާމަ އެމެރިކާއިން ހުއްޓާލި އިރު، ވިއެޓްނާމްގެ އެތައް މިލިއަންބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ހޯ ވޭން ތަންއަކީ، 1973 ވަނަ އަހަރު އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި އޭނާގެ ގެދޮރު ހަލާކުވެ އާއިލާގެ އެތައް ބަޔަކު މަރުވުމުން، ފުރާނަ ސަލާމަތް ކުރަން އޭރު އުމުރުން އެންމެ 1 އަހަރުގެ ތުއްތު ފިރިހެންދަރިފުޅު އަތްދަނޑިމައްޗަށް ލައިގެން ދުވެގޮސް ޖަންގައްޔަށް ވަތް މީހެކެވެ. ހަނގުރާމައިގެ ބިރަށް، އޭނާގެ ޙަޔާތާއި އޭނާގެ ދަރިފުޅުގެ ޙަޔާތުގެ 40 އަހަރު އެމީހުން ހޭދަކުރީ، ޖަންގަލީގެ ގަހެއްގައި ކުޑަ ޖިފުޓިއެއް ހަދައިގެން އޭގެ ތެރޭގައެވެ.

އެމީހުން ކައިއުޅުނީ ޖަންގަލީގެ ތެރޭން ލިބޭ ތަފާތު ބާވަތް ބާވަތުގެ ރޯމޭވާ އާއި އެނޫންވެސް އެފަދަ ކާނާއެެވެ.

ހޯ ވޭން ތަން އެންމެ ފަހުން އޭނާގެ އަވަށުގެ މީހުންނަށް ފެނުނީ، އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި އޭނާގެ ގެ ސުންނާފަތިކޮށްލުމުން، އެއްހަރުގެ ތުއްތު ކުއްޖާ ހޯވޭން ލަންގް އޭނާގެ އަތްދަނޑިމައްޗަށް ލައިގެން ފުރާނަ ސަލާމަތް ކުރަން ދުވަނިކޮށެވެ. އޭގެ ފަހުން އެދެބަފައިންނަށް ވީގޮތެއް އަވަށުގެ އެއްވެސް މީހަކަށް އެނގިފައި ނުވާތީ، ކަމާއި ބެހޭ ފަރާތްތަކުން ހޯ ވޭން ތަންގެ ދެބަފައިންނަކީ މަރުވެފައިވާ ބައެއް ކަމުގައި ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް 2013 ވަނަ އަހަރު، ވިއެޓްނާމްގެ ޖަންގަލިތެރޭގައި ހުރި ގަހެއްގައި ހަދާފައިވާ ކުޑަ ހަޓެއްގައި މިދެބަފައިން ދިރިއުޅެނިކޮށް ފެނުމުން ކަމާއި ބެހޭ ފަރާތްތަކަށް ލިބުނީ ޝޮކެކެވެ. އެދެބަފައިން ފެނުނު އިރު، ހޯ ވޭން ތަންގެ އުމުރުން 81 އަހަރުވެ، މުސްކުޅިވުމުގެ ސަބަބުން އޭނާ އޮތީ ބަލި ތަންމަތީގައެވެ.

ހޯ ވޭންގެ ދެބަފައިން ޖަންގަލިން ނެރެ، ހޯ ވޭން ތަން ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނެވެ. އަދި އުމުރުން 41 އަހަރު ވެފައިވާ ހޯ ވޭން ލަންގް އޭނާގެ ތިމާގެ މީހަކާއި ހަވާލުކުރެވުނެވެ.

ޖަންގަލީގައި ހޯ ވޭން ލަންގް 40 އަހަރު ދިރިއުޅުނީ އޭނާގެ ބައްޕަޔާއި އެކުގައި އެހެން އިންސާނުންނާއި ވަކީން އެކަހެރިކޮށެވެ. އެހެންވެ އޭނާއަކީ ހަޤީޤީ ދިރިއުޅުމުގައި ވިއެޓްނާމްގެ ތާޒަންގެ ނަމުން މުޚާތަބު ކުރެވޭ މީހާއެެވެ.

ބައްޕަ މަރުވުމަށްފަހުގައި، ހޯ ވޭން ލަންގް ދިރިއުޅެމުން ދަނީ، އޭނާގެ ކޮއްކޮއަކާއި އެކު ވިއެޓްނާމްގެ ގުއާންގް ނަގައި ޕްރޮވިންސްގައެވެ. 

ބައްޕަޔާއިއެކު 40 އަހަރު އެކު އުޅުނު ހޯ ވޭންގް ލަންގްއަށް ބައްޕަ މަރުވުމުންނާއި، ޖަންގަލީގެ ދިރިއުޅުން ދޫކޮށްލަން ޖެހުމުން ނަފްސާނީ އަސަރުތައް ކުރިއެވެ.

ހޯ ވޭން ތަން އޭނާގެ ދަރިފުޅާއިއެކު ޖަންގަލީގައި ދިރިއުޅޭތާ 40 އަހަރު ފަހުން ފެނުނު އިރުވެސް އެމީހުން ހީކޮށްގެން ތިބީ، ހަނގުރާމަ ނުހުއްޓި ހިނގަމުންދާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.