Advertisement

ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓު --

28 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މަތިންދާ ބޯޓުގައި އެންމެ ލަހުން ދެވެނީ ސިންގަޕޫރަށް!

ވައިގެ ދަތުރުފަތުރަށް އައި އިންޤިލާބީ ބަދަލާއި އެކު ދުނިޔޭގެ ދުރު ގާތްވެ، ދަތުރަކަށް ހޭދަކުރަންޖެހޭ ވަގުތު ކުޑަތަން ވިއެވެ. 15ވަނަ ޤަރުނުގައި އެއް އަހަރުން ދަތުރު ކުރެވުނު ތަންތަނަށް މިހާރު އެއް ދުވަހުން ދެވެއެވެ. އެހެން ނަމަވެސް އަދިވެސް ދަތުރުފަތުރުގެ ދަތިކަމާއި އުނދަގޫކަމުގެ ވާހަކަ އިންސާނުން ހުއްޓައެއް ނުލައެެވެ.

ވައިގެ ދަތުރުފަތުރާއި އެކު މިހާރު ދުނިޔޭގެ އެންމެ ދުރު ޤައުމުތަކަށްވެސް، މަދުވެގެން 24 ގަޑިއިރުގެ ތެރޭގައި އެއްޤައުމުން އަނެއް ޤައުމަށް ދަތުރު ކުރެވޭނެއެވެ. އެހެން ނަމަވެސް ދިގު ފްލައިޓް ދަތުރެއް ކުރަން ޖެހުމަކީ ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ.

ދުނިޔޭގެ ވައިގެ ދަތުރުފަތުރު ކުރެވޭ މަންޒިލްތަކުގެ ތެރެއިން އެންމެ ދިގު ދަތުރެއް ކުރަން ޖެހެނީ، އެމެރިކާގެ ނިއުޔޯކް ސިޓީން، ސިންގަޕޫރަށެވެ. އެއީ އެހެން ޤައުމަކަށް މަޑުނުކޮށް މަތިންދާ ބޯޓުގައި މިހާރު ކުރެވޭ އެންމެ ދިގު ދަތުރެވެ.އެމެރިކާގެ ނިއުޔޯކް ސިޓީން، ސިންގަޕޫރަށް ޑައިރެކްޓް ފްލައިޓްގައި ކުރާ ދަތުރުގެ ދިގު މިނަކީ، 18 ގަޑި އިރާއި 45 މިނިޓެވެ. ދެން އެންމެ ދިގު ދަތުރެއް ކުރަން ޖެހެނީ، ސްވިޒްލެންޑްގެ އޯކްލޭންޑުން ޤަތަރުގެ ދޯހާއަށެވެ. އެފްލައިޓްގެ ދިގުމިނަކީ، 17 ގަޑި އިރާއި 40 މިނިޓެވެ.

ތިންވަނައަށް އެންމެ ދިގު ދަތުރެއް ކުރަންޖެހެނީ، އެމެރިކާގެ ހޮސްޓަން އިން އޮސްޓްރޭލިއާގެ ސިޑްނީއަށެވެ. އެދަތުރުގެ ދިގުމިނަކީ، 17 ގަޑިއިރާއި 30 މިނިޓެވެ.

ފްލައިޓްގައި ދިގު ދަތުރުތައް ކުރަން ޖެހުމަކީ، އަދިވެސް މީހުން ބޭނުންވާ ކަމެއް ނޫނެވެ. އެހެން އާއީޖާދުތައް ކުރުމަށް ބޭނުންވާ ފަރާތްތަކުން ދަނީ ދަތުރު ފަތުރު ކުރުމުގެ މިއަށްވުރެވެސް އަދި އަވަސް ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.