Advertisement

ނިލަންދޫ އެއާޕޯޓު އެޅުމަށް ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

28 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ބާއްވާފައި ނިލަންދޫ އެއާޕޯޓުގެ މަސައްކަތާއި އެމްޓީސީސީން ހަވާލުވެއްޖެ

ފ. ނިލަންދޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތާއި އެމްޓީސީސީން ހަވާލުވެއްޖެއެވެ.

އިއްޔެ ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބާއި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ނިލަންދޫގައި، އެއާޕޯޓު އެޅުމުގެ މަސައްކަތުގެ ބިންހިއްކުމާއި އެމްޓީސީސީން ހަވާލުވި އިރު، އެރަށާއި ޖެހިގެން އޮތް ފ. މަގޫދޫގައި ކުރީގެ ސަރުކާރުން އަޅަންފެށި އެއާޕޯޓުގެ މަސައްކަތުގެ ބިންހިއްކުމުގެ މަސައްކަތާއި އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން ދިޔައީވެސް އެމްޓީސީސީންނެވެ. މަގޫދޫއަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށަކަށް ވާއިރު، ނިލަންދޫއަކީ ޕީޕީއެމް ޕީއެންސީއަށް ތާއީދު ބޮޑު ރަށެކެވެ.

ފ. އަތޮޅުގެ ވެރިކަން ކުރިން ކުރި ރަށަކީ މަގޫދޫ ކަމަށް ވާއިރު، އެރަށުން ނިލަންދޫއަށް ވެރިކަން ބަދަލުކޮށްފައި ވަނީ އޭރު އަތޮޅުވެރިއަކަށް ހުންނެވި، ބޭފުޅާއިގެ ނުފޫޒުން ރައީސް މައުމޫނުގެ ސަރުކާރުގެ ދުވަސްވަރުގައެވެ. އެކަމުގެ ސަބަބުން ދެރަށުގެ ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަމާއި ބައިބައިވުން އޮތީ އުފެދިފައެވެ. 

ޖެހިގެން އޮތް މަގޫދޫގައި، އެއާޕޯޓު އެޅުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދޫއަށް ވަޑައިގެން އެރަށުގައި އެއާޕޯޓު އަޅުއްވައި ދެއްވާނެ ކަމުގެ ވަޢުދުވެވަޑައިގެންނެވިއެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާގެ އާއިލީ ކޮއްކޯފުޅު، ފާޠިމަތު ސަޢުދާ ވާދަކުރައްވަނީ ނިލަންދޫ ދާއިރާއަށެވެ.

މަގޫދޫ އާއި ނިލަންދޫ އާއި ދެމެދު ސްޕީޑް ލޯންޗުގައި ކުރަންޖެހެނީ ފަސްވަރަކަށް މިނިޓްގެ ދަތުރެކެވެ. އަދި ސަރުކާރު ބަދަލުވި އިރު މަގޫދޫ އެއާޕޯޓުގެ ބިންހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި އޮތް ނަމަވެސް މިހާރު އެޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް އެމްޓީސީސީން މާބޮޑު އަހައްމިޔަތު ކަމެއް ނުދޭ ކަމަށާއި މަޝްރޫޢު އޮތީ މަޑުޖެހިފައި ކަމަށްވެސް މަގޫދޫ ކައުންސިލުން ވިދާޅުވެއެވެ. އެހެން ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރ ވިދާޅުވެފައި ވަނީ،  މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަށް ސަރުކާރުން އެމްޓީސީސީއަށް އަންގާފައި ނުވާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.