Advertisement

ޢަބްދުލްމަތީން މުހައްމަދު- އެމްޑަބުލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ

27 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

2023ގެ ނިޔަލަށް އެމްޑަބްލިޔުއެސްއީއަށް ޖޫރިމަނާ ދައްކަންޖެހޭ ތިބީ 3000 ކަސްޓަމަރުން

އާއްމު ގޭ ބިސީތަކުން ކަރަންޓާއި ފެންބިލް ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް މަޢާފްކޮށް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ އިރު، އެމްޑަބުލިޔުއެސްސީގައި ތިބީ، ޖޫރިމަނާ ދައްކަންޖެހޭ ތިންހާހެއްހައި ކަސްޓަމަރުން ކަމުގައި އެކުންފުނިން ހާމަކޮށްފިއެވެ.

ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ފެނާއި ކަރަންޓްގެ ބިލްތަކުގެ ޖޫރިމަނާ މަޢާފްކުރުމާއި ގުޅޭ ގޮތުން މީޑިއާތަކާއި މައުލޫމާތު ހިއްސާކުރައްވަމުން އެމްޑަބުލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ ޢަބުދުލް މަތީން މުޙައްމަދު ވިދާޅުވީ، އެކުންފުނީގައި ޖުމުލަ 70،000ހައި ކަސްޓަމަރުން ތިބިއިރު، 60،000 ކަސްޓަމަރުންނަކީ، ޤަވާއިދުން ބިލްތައް ދައްކަމުންގެންދާ ކަސްޓަމަރުން ކަމަށެވެ.

މަތީން ވިދާޅުވީ، 2023 ވަނަ އަހަރުގެ ނިޔަލަށް ބިލްތައް ނުދައްކައިގެން ޖޫރިމަނާ ފައިސާ ދައްކަން ޖެހިފައި ތިބީ ގާތްގަޑަކަށް 3000 އެއްހައި ކަސްޓަމަރުންނެވެ. މިގޮތުން އެކުންފުންޏަށް ޖޫރިމަނާގެ ގޮތުގައި އެކަސްޓަމަރން 17 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމުގައިވެސް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، ނުދައްކައި އެއްއަހަރުވެފައި ހުރި ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދުވެސް 38 މިލިޔަނަށް އަރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިފާހަގަކުރެވެނީ މިޖޫރިމަނާ ގާތްގަނޑަކަށް، 17 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްގެ ވާހަކަ މިދެއްކެނީ. ދެން މީގެ އަނެއްބައިވެސް އެބަ އިނދޭ. މިދެންނެވިހެން ފެނުގެ ބަޔަށް ބަލާ ހިނދުގައި، ފެނުގެ ބިލް ނުދެއްކިގެން އެފެނުގެ އަގަށް މިއަރަނީ ގާތްގަނޑަކަށް 45 މިލިޔަން. އެހެންވީމާ 45 މިލިޔަންގެ އާމުދަނީއެއް ކުންފުންޏަށް ލިބޭނެ، ޖޫރިމަނާތައް މަޢާފްވެގެންދާއިރުގައި. އެހެންވެ މިކަމުގެ ސަބަބުން އާއްމުންނަށްވެސް ކުންފުންޏަށްވެސް ލުއިވޭ." 

ޢަބްދުލްމަތީން މުހައްމަދު- އެމްޑަބުލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ

މަތީން ވިދާޅުވީ، ޖޫރިމަނާ މަޢާފް ވަނީ އެފަރާތަކުން މިހާތަނަށް ބޭނުންކޮށްފައިވާ ފެނަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިންމުމުން ކަމަށެވެ. މިގޮތުން މިއަހަރުގެ ނިޔަލަށް، ބިލްތައް ބަހާލައިގެން ދެއްކުމަށް ފުރުޞަތު ލިބޭނެ ކަމުގައިވެސް މަތީން ވިދާޅުވިއެވެ.

ފެނާއި ކަރަންޓް ބިލްތަކުގެ ޖޫރިމަނާ މަޢާފް ކުރުމަށް ޔުޓީލިޓީ ކުންފުނިތަކުން އަންނަނީ މަސައްކަތްތައް ކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.