Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް --

27 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އާރްޑީސީގެ ޚިޔާނާތާއި ގުޅޭ މައްސަަލައެއްގައި އެމްޑީޕީގެ ޗެއާ ޕަރސަން ފުލުހަށް ހާޟިރުވާން އަންގައިފި

ފުލުހުން ތަޙްޤީޤު ކުރަމުންދާ އާރްޑީސީގެ ޚިޔާނާތާއި ގުޅޭ މައްސަލައިގެ ތަޙްޤީޤަށް، ފުލުހުންގެ އިދާރާއަށް ހާޟިރުވުމަށް އަންގައި، އެމްޑީޕީގެ ޗެއަރޕރަސަން ފައްޔާޒް އިސްމާއީލަށް ފުލުހުންގެ އިދާރާއިން ޗިޓު ފޮނުވައިފިއެވެ.

އެމްޑީޕީގެ ޗެއާ ޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް، ފުލުހުންގެ ސަރޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޟިރުވާން އަންގާފައި ވަނީ، މާދަމާގެ މެންދުރުފަހު 15:00އަށެވެ.

އެމައްސަލައިގައި ފުލުހުން ތުހުމަތު ކޮށްފައި ވަނީ، އިކޮނޮމިކް މިނިސްޓަރުގެ މަޤާމުގައި ފައްޔާޒު އިސްމާޢީލް ހުންނެވި އިރު އާރްޑީސީގެ ތެރޭގެ ޚިޔާނާތުގެ ތެރެއިން، އާރްޑީސީން ކޮށްފައިވާ މުއާމަލާތްތަކުން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާ ކަމަށެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުން ތަޙްޤީޤުކުރަމުން އަންނަނީ، އާރްޑީސީއަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި، އާރްޑީސީ އާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވާ މައްސަަލައެވެ.

އެމައްސަލައިގެ މައުލޫމާތު ދިނުމަށް، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި،  އާރްޑީސީގެ ޚިޔާނާތް ހިންގާފައި ވަނީ، ކޯވިޑް-19ގެ ހާލަތުގައި މާލިއްޔަތާިއ ގުޅޭ ކަންކަމަށް ދިން ލުއި، ކޯވިޑްގެ ހާލަތު ނެތި ދިޔުމަށްފަހުވެސް އުވާ ނުލައި ދަމަހައްޓައިގެންނެވެ.

އާރްޑީސީގެ ޚިޔާނާތުގައި އިސް 3 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކުރިންވެސް ފުލުހުން ވިދާޅުވެފައި ވާއިރު، ތަހްޤީޤަށް ހާޟިރުކޮށް އެތިން މީހުންނާއި ސުވާލުކޮށްފައިވާ ކަމުގައިވެސް އެމައްސަލައިގެ މައުލޫމާތު ދިނުމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.