Advertisement

އެޗްޑީސީން މަގުތަކުގެ ތާރުތައް ކަނޑަން ފެށުން --

27 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ ފޭސް 2 ގެ މަގުތަކުގެ ތާރު ކަނޑައިގެން ނަގަންފަށައިފި

ހުޅުމާލެ ފޭސް 2ގައި އެތައް މިލިޔަން ރުފިޔާއެއް ޚަަރަދުކޮށްގެން ހެދި މަގުތަކުގެ ތާރު ކަނޑައިގެން މަގު ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން ބުނެފައި ވަނީ، ތާރުއަޅައިގެން ހަދާފައިވާ މަގުތަކުގެ ތާރު ކަނޑައި ނަގަން ފަށާފައި ވަނީ، ބިންވެރިޔާ ސްކީމުގެ ދަށުން ދީފައިވާ ގޯތިތަކަށް އަރާ މަގުތަކާއި ނަރުދަމާ އާއި ފެނުގެ ނިޒާމް ބަދަލު ކުރަންޖެހޭ ސަރަހައްދުތަކުންނެވެ. އެޗްޑީސީން ބުނެފައި ވަނީ  ގޯތިތަކަށް އަރާފައިވާ ނަރުދަމާ އާއި ފެނުގެ ނިޒާމްގެ ހޮޅިތައް ބަދަލުކުރުމަށް 200 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ޕްލޭނާއި ޚިލާފަށް ކަމުގައި މިސަރުކާރުން ވަނީ ބުނެފައެވެ.

ގޯތިތަކަށް އަރާތީ ކަމަށް ބުނެ ތާރު މަގުތައް ކަނޑައި އަލުން، ނެޓްވޯކްތައް ބަދަލު ކުރުމަށް ބޮޑުު ޚަރަދެއް ކުރުމަށް މިސަރުކާރުން ނިންމާފައިވާއިރު، މަގުތަަކަށް އަރަނީ ކިތައް ގޯތި ކަމެއް އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.