Advertisement

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ ---

27 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އާސަންދައިގެ ދަށުން، ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވަން ފެށޭނެ ތާރީޚެއް ނެތް!

އާސަންދައިގެ ދަށުން ޔުނައިޓެޑް އެރެބް އެމިރޭޓްސްއިންނާއި ތައިލެންޑްއިން ބޭސްފަރުވާކުރުމަށް މީހުން ފޮނުވޭނެ ތާރީޚެއް އަދި ކަނޑައެޅިފައި ނުވާކަން ހާމަވެއްޖެއެވެ.

އާސަންދައިގެ ދަށުން ޔުނައިޓެޑް އެރެބް އެމިރޭޓްސްއިންނާއި ތައިލެންޑްއިން ބޭސްފަރުވާ ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަވައި ދެއްވާނެ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ރާއްޖެ ވަޑައިގެންނެވުމަށްފަހުގައެވެ. އެހެން ނަމަވެސް ރައީސްގެ އެވަޢުދުފުޅާއި އެއްގޮތަށް ޚިދުމަތް ދޭން ފެށޭނެ ތާރީޚެއް އަދި ކަނޑައެޅިފައި ނުވާކަން ހާމަވެގެން ދިޔައީ،  ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް ދެއްވި ޖަވާބުގައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި، މިނިސްޓަރ ޑރ. އާއިޝަތު ޝިހާމްއާ ސުވާލު ކުރައްވާފައި ވަނީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އަޙްމަދެވެ. 

ޔޫއޭއީ އަދި ތައިލެންޑްއިން އާސަންދައިގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ފައިވާ އިރު، މިތަންތަނުން އާސަންދަ ލިބޭނީ ކޮން ޚިދުމަތްތަކަކަށްތޯ؟ މިހާރު އިންޑިއާ އިން ލިބޭ ޚިދުމަތްތައް އެއަށްވުރެ އަގުބޮޑުކޮށް ހޯދުމަށް ތައިލެންޑާއި ޔޫ.އޭ.އީއަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވޭތޯ؟ އެހެންކަމަށްވާ ނަމަ މިހާރު އޮތް ބަޖެޓުން މިކަން ހަމަޖައްސާ ނަމަ ޚިދުމަތްދެވޭ މީހުންގެ ޢަދަދު ކިހާ ވަރަކަށް މަދުވެގެން ދާނެތޯ؟

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮަޒައިނާ އާދަމް ކުރެއްވި ސުވާލު --

ރޮޒައިނާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ދަތުރު ފަތުރާއި އެކޮމަޑޭޝަންގެ ޚަރަދުތައް ލިބޭ ގޮތަށް، ޔޫއޭއީއަށާއި، ތައިލެންޑަށް ބޭސްފަރުވާއަށް ދިވެހިންނަށް ދެވޭނެ މަގު ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ކަމަކަށް ވާތީ އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ދާކަމަށެވެ. އަދި އެކަމާއި ގުޅޭ މަސައްކަތްތައް ނިމުމުން އެކަން އިޢުލާނު ކުރައްވާނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ތައިލެންޑާއި ޔޫއޭއިން ބޭސްފަރުވާ ކުރެވޭނެ މަގު ހަމަޖެއްސެވުމަކުން އާސަންދައިން ޚިދުމަތް ހޯދުމަށް ފުރުޞަތު ދެވޭ މީހުންގެ އަދަދު އުނިވެގެން ނުދާނެ ކަމަށެވެ. އަދި އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދަނީ އާސަންދައަށް ލިބިފައި އޮތް ބަޖެޓުގެ ތެރެއިން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަނީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ތަކުރާރުކޮށް މިނިސްޓަރ، ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އެކަން ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި އަދި ތަފްސީލްތައް ހާމަކުރެވޭ ހިސާބަށް މަސައްކަތްތައް ގޮސްފައި ނުވާ ކަމަށެވެ.

މިނިސްޓަރ ޑރ. އައިޝަތު ޝިހާމް މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި މިއަހަރު އެކަން ކުރެވިދާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ދެއްވާފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.