Advertisement

މާލެ އާއި ވިލިމާލެ އާ ދެމެދު އޮންނަ ކަނޑު އޮޅި ---

27 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ވިލިމާލެއާ ގުޅީ ފަޅާއި ދެމެދު އޮންނަ ކަނޑު އޮޅިިން ދަތުރު ނުކުރުމަށް އަނެއްކާވެސް އެދިއްޖެ

މާލެ އާއި ވިލިމާލެ އަދި ވިލިމާލެއާ ގުޅީ ފަޅާއި ދެމެދު އޮންނަ ދެ ކަނޑު އޮޅިިން ދަތުރު ނުކުރުމަށް އަނެއްކާވެސް ކޮންސްޓަރަކްޝަން މިނިސްޓްރީން އެދިއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން އެމިނިސްޓްރީން މަނާކޮށްފައި ވީނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން އެތަނުން ދަތުރުކުރަމުންދާ ކަމަށެވެ.

މާލެ އާ ވިލިމާލެ ގުޅުވައިދޭ ބުރިޖާއި، ވިލިމާލެ އާއި ގުޅިފަޅު ގުޅުވައިދޭ ބުރިޖުގެ މަސައްކަތް ހިނގަމުންދާތީ، އެ ކަނޑު އޮޅިތަކުން ދަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫންކަން، ކޮންސްޓްރަކްޝަން މިނިސްޓްރީން ގެންދަނީ ތަކުރާރުކޮށް ހަނދާންކޮށްދެއްވަމުންނެވެ.

ދާދިފަހުން ވަނީ، އެ ކަނޑު އޮޅި މަތިން ދެ ލޯންޗެއްޖެހި ބޮޑު އެކްސިޑެންޓެއް ހިނގައި ގިނަ ބަޔަކަށް އަނިޔާވެސް ވެފައެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖަކީ، މާލެ ސަރަހައްދުގައި ކުރިޔަށްދާ ޢުމުރާނީ ތަރައްޤީގެ އެންމެ ބޮުޑު މަޝްރޫޢެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.