Advertisement

ގޯތިިތަކަށް އަރާފައިވާ ނަރުދަނާ އާއި ފެންހޮޅިތައް ބަދަލުކުރުން ---

26 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ގޯތިތަކަށް އަރާފައިވާ ފެންހޮޅިތައް ބަދަލުުކުރުމުގެ މަސައްކަތް ފަށައިފި

ބިންވެރިޔާ ސްކީމްގެ ތެރެއިން ދޫކޮށްފައިވާ ބައެއް ގޯތިތައް ދޫކޮށްފައި ވަނީ ހުޅުމާލެ ފޭސް 2ގައި އަޅާފައިވާ ނަރުދަމާ އާއި ފެނުގެ ނެޓްވޯކުގެ ހޮޅިތައް މަތިން ކަމަށްވާތީ، އެނެޓްވޯކު ގޯތިތަކަށް ނާރާ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މިމަސައްކަތް ރަސްމީކޮށް ފެށުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު، އެރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ފަޟުލް ރަޝީދާއި، އެމްޑަބުލިޔު އެސްސީގެ މެނޭޖިންގ ޑައިރެކްޓަރ، އަބްދުލް މަތީން މުހައްމަދެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ފެނާއި ނަރުދަނާގެ ނެޓްވޯކްތައް ބަދަލު ކުރުމަށް އިތުރު ދުއިސައްތަ މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ.

އެމްޑަބުލިޔުއެސްސީ އާއި އެޗްޑީސީންވެސް ވިދާޅުވީ، ނަރުދަމާ އާއި ފެނުގެ ނެޓުވޯކްތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާނީ، އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތި ނުވާނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ.

އެޗްޑިސީން ވަނީ، ފެނާއި ނަރުދަމާގެ ނެޓްވޯކްތަކުގެ މައްޗަށް އަރާފައިވާ ގޯތިތައް ފިޔަވައި އެހެން ގޯތިތަކުގައި މަސައްކަތްފެށުމުގެ ހުއްދަ ދިނުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމުގައި ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.