Advertisement

ވަގަށް ނެގި ބާވަތުގެ ފްލައިޓެއް

26 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ރަންވޭ މަތިން ބޮޑު މަތިންދާ ބޯޓެއް ވަގަށް ނަގައިގެން ދިޔަ ދެމީހުންނަށް ވީގޮތެއް ނޭނގުނު!

އަހަރެމެން އަޑު އަހަނީ ސައިކަލާއި ކާރާއި، އޮޑި ދޯނި ފަހަރާއި ބޯޓު ފަހަރު ވަގުން، ވަގަށް ނަގާ ވާހަކައެވެ. ރަންވޭ މަތީގައި ޕާކުކޮށްފައި އޮތް ބޮޑު މަތިންދާ ބޯޓެއް ދެމީހަކު ވެގެން ވަގަށް ނެގިކަމުގެ ވާހަކައަކީ މުޅި ދުނިޔެއަށްވެސް ހައިރާންކަން ލިބޭ ވާހަކައެެވެ. އެއީ ވައިފެ ދަތުރުފަތުރުގައި ހިނގާދިޔަ ނާދިރު ހާދިސާތަކުގެ ތެރޭގައި ހިމެނޭ ހާދިސާއެކެވެ.

2003 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު، އެފްރިކާގެ ޤައުމެއް ކަމަށްވާ، އެންގޯލާގެ ލުއަންޑާ އެއާޕޯޓުގައި ޕާކުކޮށްފައި އޮތް 106 މީހުންގެ ޖާގައިގެ ބޯއިން 200-727 މަރުކާގެ ބޮޑު ބޯޓެއް ދެމީހަކު ވެގެން ވަގަށް ނެގިއެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާއަށް ނިސްބަތްވާ މީހަކާއި އެންގޯލާއަށް ނިސްބަތްވާ މީހެކެވެ.

ބޯޓު ވަގަށް ނެގި އެމެރިކާ މީހާއަކީ، ޖޯން މައިކަލް ނަމަކަށް ކިޔާ މީހެކެވެ. އެވައްކަމުގައި އޭނާއަށް އެހީތެރިވެދޭން ހުރި މީހާއަކީ، ޕަޑިއްލާ ނަމަކަށް ކިޔާ މީހެކެވެ.

ބޯޓު ވަގަށް ނެގި ޖޯން މައިކަލް އަކީ، ޕައިލެޓެކެވެ. އެހެން ނަމަވެސް ބޯއިން 200-727 މަރުކާގެ ބޮޑު މަތިންދާ ބޯޓެއް ދުއްވުމުގެ އެއްވެސް ތަޖުރިބާއެއް އޭނާއެއް ނެތެވެ. އެދެމީހުން ވަގަށް ނެގި މަތިންދާ ބޯޓަކީ، އޭރު 68،488 ގަޑި އިރު އުދުހިފައިވާ، އަދި ދަތުރުތަކުގައި ބޭނުން ކުރާތާ 26 އަހަރު ވެފައިވާ ބޯޓެވެ.

އެއާޓްރެފިކް ކޮންޓްރޯލާއި މުވާޞަލާތު ކުރުމެއް ނެތި އެ ފްލައިޓް ފުރައިގެން ދިޔައިރު، އޭގެ ޓްރާންސްޕޮންޑާ އާއި ފްލައިޓްގެ ރޭޑިއޯ ސެޓްވެސް ހުރީ ނިވާލާފައެވެ. ކަމާއި ބެހޭ ފަރާތްތަކަށް އެފްލައިޓް ހޯދުމަށް ކުރިމަތިވި އެންމެ ބޮޑު ދައްޗަކީވެސް އެއީ އެވެ. ފުލައިޓް ފުރި އިރު، ފްލައިޓް ވަގަށް ނެގި ދެމީހުން ފިޔަވައި އިތުރު މީހަކު އެބޯޓަކު ނެެތެވެ. ބޯޓުގެ މިސްރާބު ހުރީ އުތުރު އެޓްލާންޓެޓިކް ކަނޑާއި ދިމާއަށެވެ.

2003 ވަނަ އަހަރު އެ މަތިންދާ ބޯޓު ވަގަށް ނެގި ހާދިސާއަށް މިއަހަރު 21 އަހަރު ފުރޭއިރު، އަދިވެސް މިހާތަނަށް އެބޯޓާއި ބޯޓު ވަގަށް ނެގި ދެމީހުންކުރެ މީހަކުވެސް ފެނިފައެއް ނުވެއެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެފްލައިޓް ވަނީ އެޓްލާންޓިކް ކަނޑަށް ވެއްޓިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.