Advertisement

ނިޝާމާ މުޙައްމަދު -- ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު / ދާންދޫ ދާއިރާ.

26 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކެމްޕޭނަށް ޚަރަދު ކުރާނެ ފައިސާވެސް ނެތުމާއިއެކު ނިޝާމާ މަޖިލިސް އިންތިޚާބުގައި ވާދަކުުރުމުގެ ވިސްނުން ދޫކޮށްލައިފި

ވަގުތު ނެތުމާއި އަދި ފަންޑްވެސް ނެތުމާއެކު، އެދެވޭ ނަތީޖާއެއް ލިބިދާނެކަމަށް ނުދެކޭތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި ދާންދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތި ލެއްވި ނިޝާމާ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން ދޫކޮށްލައްވައި އެކަން އިޢުލާނު ކުރައްވައިފިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން ދޫކޮށްލައިފިކަން ހާމަކޮށް ނިޝާމާ ވިދާޅުވެފައި ވަނީ، އެދާއިރާއަށް، ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

"އިންތިޚާބު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި އޮއްވާ ދާއިރާއަށް ނިކުމެ، ކުރެވުނު މަސައްކަތުން ރައްޔިތުންގެ ލޯތްބާއި، އިޚްތިރާމާއި، އެއްބާރުލުން އަދި ތަރުޙީބު ލިބިފައިވެއެވެ. ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރުމަށް އިތުރަށް ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ޚަރަދުތަކެއް ކުރަންޖެހެއެވެ."

ނިޝާމާ މުޙައްމަދު -- ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު / ދާންދޫ ދާއިރާ

ނިޝާނާ ވިދާޅުވީ، އެންމެ މަސްލަހަތު ހަމަޖެހޭނެގޮތެއް ކަމަށް މިހާލަތުގައި އޭނާއަށް ވިސްނެނީ މަޖިލިސް އިންތިޚާބު 2024 ދާންދޫ ދާއިރާއަށް، ވާދަކުރާ ޕީޕިއެމް ޕީއެންސީގެ ކެނޑިޑޭޓަށް ނިޝާމާއަށް ތާއީދު ކުރާ ފަރާތްތަކުންވެސް ތާއީދު ކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރައްވާކަން ނިޝާމާ އިޢުލާނުކުރެއްވި ނަމަވެސް އޭނާއަށް ނަން އަނބުރާ ގެންދިޔުމަށް މިހާރަކު ފުރުޞަތެއް ނެތެވެ. ނިޝާމާއަކީ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބުގައި ވާދަނުކޮށް ދޫކޮށްލާކަން އިއުލާނުކުރި ފުރަތަމަ ކެންޑިޑޭޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.