Advertisement

ދުނިޔޭގެ އެންމެ ބޮޑު ލިފްޓް --

25 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ދުނިޔޭގެ އެންމެ ބޮޑު ލިފްޓަށް އެއްފަހަރާ 235 މީހުންނަށް އެރޭ!

ދުނިޔޭގައި އިމާރާތްކުރުމުގެ ސިނާޢަތަށް އައި ކުރިއެރުންތަކާއި އެކު އުސް އިމާރާތްތައް ބިނާކުރެވެމުން ދިޔައިރު، އީޖާދު ކުރެވުނު އެކައްޗަކީ، މީހުން އެއް ފަނގިފިލާއިން އަނެއް ފަންގިފިލާއަށް ދަތުރުކުރުމަށް ބޭނުން ކުރާ ލިފްޓެވެ.

ލިފްޓާއި، ކަރަންޓް ސިޑިއަކީ ބައެއް މީހުން އެއަށް އަރަށް އަދިވެސް ބިރުގަންނަ އެއްޗެކެވެ. ލިފްޓަކީ ސަންދޯކެއް ފަދައިން މުޅިން ބަންދުވެފައި ހުންނަ އެއްޗަކަށް ވުމުން އެއަށް އަރަށް ބައެއް މީހުން ޖެހިލުންވެއެވެ.

އަހަރެމެންގެ ރާއްޖޭގައި އާއްމުކޮށް އިމާރާތްތަކުގައި ހުންނަނީ އެއްފަހަރާ 6 ނުވަތަ 10 މީހުންނަށް އެރޭ ވަރުގެ ލިފްޓުތަކެވެ. އާއްމުކޮށް ދުނިޔޭގެ ޤައުމުތަކުގެ ހޮޓާތަކާއި އެނޫން އެހެން އިމާރާތްތަކުގައިވެސް ހުންނަނީ އެވަރުގެ ލިފްޓް ތަކެވެ. ދުނިޔޭގެ އިމާރާތް ކުރުމުގެ ސިނާޢަތަށް އައި ކުރި އެރުމާއި އެކު ލިފްޓް އުފެއްދުމުގެ ވިޔަފާރި ފުޅާވެ ލިފްޓް އުފައްދައި ސަރވިސްކޮށްދޭ ކުންފުނިތައްވެސް އިތުރުވެގެން ދިޔައެވެ.

1908 ވަނަ އަހަރު، ޓަރމޯގެ ނަމުގައި ފެށި، މެޝިންތައް މަރާމާތު ކޮށްދޭ ވޯކްޝޮޕް، ކޯނޭގެ ނަމަށް ބަދަލުވީ، 27 އޮކްޓޫބަރ 1910ގައެވެ. އެކުންފުނިން އެންމެ ފުރަތަމަ އެލެވޭޓަރ ނުވަތަ ލިފްޓެއް އުފެއްދީ 1918 ވަނަ އަހަރުގައެވެ. އެކުންފުނިން އެކި ބާވަތްތަކުގެ ލިފްޓާއި ކަރަންޓް ސިޑި އަދު ކެރޭން އުފައްދާތާ 105 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ކޯނޭ އިން އުފެއްދި އެންމެ ބޮޑު ލިފްޓަކީ، އެއްފަހަރާ 235 މީހުންނަށް އެރޭ ލިފްޓެކެވެ. މިލިފްޓުން 16 ޓަނުގެ ބަރުދަން އުފުލުމުގެ ޤާބިލުކަން ލިބިފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ އެއްރަށުގެ ރައްޔިތުންނަށް އެއްފަހަރާ އެރޭ ވަރުގެ ލިފްޓެކެވެ.

މިލިފްޓް ހަރުކޮށްފައި ވަނީ، އިންޑިއާގެ މުންބާއީގައި ހުންނަ، ޖިއޯ ވޯލްޑް ސެންޓަރުގައެވެ. މިލިފްޓްގައި 25.78 އަކަ މީޓަރުގެ ޖާގައެއް ހުންނައިރު، ސެންޓަރުގެ ލޮބީ އޭރިއާއެކޭ މިލިފްޓް އެއްގޮތެވެ. ލިފްޓުގެ ތެރޭގައި މީހުން އިށީނދެ ތިބުމަށް ސޯފާތަކާއި ކޮފީމޭޒުތައްވެސް ބަހައްޓާފައި ހުރެއެވެ. އެހެންވެ ބޮޑެތި ކޮންފަރެންސްތަކުގައި ބައިވެރިވުމަށް އަންނަ މީހުންނަށް، ޖިއޯ ވޯލްޑް ސެންޓަރުގެ މިލިފްޓް ވެފައި ވަނީ މުހިއްމު ބޭނުންތެރި އެއްޗަަކަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.