Advertisement

ދުނިޔޭގެ އެންމެ ބަރު މީހާގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ މިނޯޗް --

24 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ދުނިޔޭގެ އެންމެ ބަރު މީހާގެ ހަށިގަނޑުގައި 635 ކިލޯ ހުރި!

އިންސާނެއްގެ ބަރުދަނުގައި 600 ކިލޯ ހުންނަ ނަމަ އޭނާ އުޅޭނެ ހާލު ވިސްނައިލާށެވެ. އަހަރެމެން މިއުޅެނީ 80 ވަރަކަށް ކިލޯއަށް ބަރު ވިޔަސް އެއީ ދެން ނުކުޅަދާނަ ވަރެއް ކަމުގައި ބަލައިގެންނެވެ.

ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބަރު މީހަކީ 29 ސެޕްޓެމްބަރު 1941 ގައި އެމެރިކާގެ ވޮޝިންޓަނަށްށް އުފަން ޖޮން ބްރޯވަރ މިނޯޗް އެވެ. އޭނާގެ އެންމެ ބަރު ދުވަސްވަރު، ބަރުދަނުގައި 635 ކިލޯ (ބައިޓަނު) ހުއްޓެވެ. އެބަރުދަނަކީ، އާދައިގެ ކުޑަޕިކަޕަކަށްވެސް ނުއުފުލޭ ވަރުގެ ބަރުދަނެކެވެ.

އުމުރުން އެންމ 12 އަހަރުގައިވެސް މިނޯޗުގެ ބަރުދަނުގައި 133 ކިލޯހުއްޓެެވެ. 

1978 ވަނަ އަހަރުގެ މާޗް މަހު މިނޯޗް ޔުނިވާސިޓީ އޮފް ވޮޝިންޓަން މެޑިކަލް ސެންޓަރަށް ގެންދެވުނެވެ. އޭނާ އެތަނަށް ގެންދިއުމަށް 24 ވުރެ ގިނަ ފަޔަފައިޓަރުން މަސައްކަތް ކުރަން ޖެހުނެވެ.

އޭނާއަށް ފަރުވާދިން ޑޮކްޓަރުން ބުނެފައި ވަނީ، މިނޯޗްއަށް ޖެހިފައި ވަނީ ފަލަވާ ބައްޔެއް ކަމަށެވެ. އެބަލީގެ ބާވަތުން އޭނާގެ ހަށިގަނޑުގެ މަސްތައް އާދަޔާ ޚިލާފަށް ހެދި ބޮޑު ވަމުންދިޔައެވެ. ހޮސްޕިޓަލުގައި ހޭދަކުރި 2 އަހަރުގެ ތެރޭގައި މިނޯޗްގެ ހަށިގަނޑު 200 ކިލޯއަށް ލުއިކޮށްލި އިރު، އިންސާނެއްގެ ހަށިގަނޑު މިހާބަޮޑަށް ލުއިކޮށްލުމުގެވެސް ރެކޯޑަކަށް އެކަންވިއެވެ.

ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު އަނެއްކާވެސް މިނޯޗުގެ ހަށިގަނޑު ފަލަވެ ބަރުވިއެވެ. 1983 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު، އޭނާ މަރުވި އިރު، ބަރުދަނަކީ، 362 ކިލޯއެވެ. މަރުވި އިރު އުމުރަކީ 41 އަހަރެވެ.

މަރުވި އިރު ދެކައިވެންޏެއް ކޮށް، ދެ ފިރިހެންކުދިން އޭނާއަށް ލިބިފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.