Advertisement

24 Mar 2024
ދީން

މަލާއިކަތުން ތިމާއަށްޓަކައި ހެޔޮ ދުޢާ ކުރައްވާނެ ޢަމަލެއް އެނގިލައްވައިތޯ؟

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެއެވެ.

"ނޫން.އެމްވީ" ގެ "ރޯދައާ ހެޔޮ އަމަލު"ގެ ބާރަވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ ނަމާދު ކުރުމަށްފަހު ނަމާދު ކުރި ތަނުގައި މަޑުކޮށްގެން އިނުމުގެ ދަރުމައާ ގުޅޭގޮތުންނެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ؛

إنَّ الملائكةَ تصلي على أحدكم

"ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކަށް މަލާއިކަތުން ދުޢާކުރާވާނެތެވެ."

ما دامَ في مصلَّاهُ

"އޭނާ ނަމާދުކުރި ތަނުގައި އޭނާ އިންހާ ހިނދަކު"

اللهم اغفِرْ لهُ اللهم ارحَمْه

"ޔާﷲ! އޭނާއަށް ފުއްސަވާނދޭވެ! ޔާﷲ އޭނާއަށް ރަޙްމަތް ލައްވާނދޭވެ!"

ما لم يُحْدِثْ

"އޭނާ ޙަދަޘްވެރިނުވާހާ ހިނދަކު" 

-رواه البخاري-

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ. މީ ކިހާ ކުޑަކަމެއްތޯ؟ އެކަމަކު މިކަމުގެ މަންފާ ކިހާ ބޮޑުތޯ؟ ނަމާދަށްފަހު އަނެއް ނަމާދުގެ އިންތިޒާރުގައި ނުވަތަ ޛިކުރު ކުރުމަށްޓަކައި އޭނާ ނަމާދުކުރި ތަނުގައި މަޑުކޮށްފިނަމަ، މަލާއިކަތުން އޭނާއަށް ހެޔޮދުޢާކުރުމުގައި ދެމިތިއްބަވާނެއެވެ.

ހަމަޔަޤީނުންވެސް މިކަން އެނގިއްޖެ ކޮންމެ މީހަކު، ވީ މިންވަރަކުން ނަމާދަށްފަހު އޭނާ ނަމާދުކުރި ތަނުގައި ގިނައިރު މަޑުކުރެވޭތޯ ބަލާނެކަން ކަށަވަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.