Advertisement

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ވެހިކަލްތަކެއްގައި ރޯކޮށް އަންދާލާފައި -- ފޮޓޯ: ރޮއިޓާސް

01 Jul 2023
ދުނިޔެ
ޢަލީ ސުލައިމާން

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މެކްރޮންގެ ފުރަމާނަ ދަތުރުފުޅު ކެންސަލްކުރައްވައިފި

ފްރާންސްގައި ހަމަނުޖެހުންތައް ބޮޑުވެފައިވާތީ، އެޤައުމުގެ ރައީސް އެމަނުއެލް މެކްރޮން، މާދަމާ ޖަރުމަނަށް ކުރެއްވުމަށް ހަމަޖައްސަވާފައި އޮތް ފުރަމާނަ ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ.

ފްރާންސްގެ ރައީސް މެކްރޮންގެ ދަތުރުފުޅު މިކެންސަލް ކުރެއްވީ، ފުރާންސްގެ އާއްމުންނާއި ފުލުހުންނާއި ދެމެދު ފެށުނު ހަމަނުޖެހުންތައް، އެޤައުމުގެ އެކި ކަންކޮޅުތަކަށް ފެތުރި، ހަތަރު ވަނަ ރެއަކަށް ހަމަނުޖެހުންތައް ދިގުލައިގެން ދިޔުމުގެ ސަބަބުންނެވެ. އަދި މެކްރޮންގެ ދަތުރުފުޅު މިފަސްކުރެއްވީ، ފުލުހުން މަރާލި 17 އަހަރުގެ ޒުވާނާގެ ޖަނާޒާގެ ކަންކަން ބާއްވައި ހަށިގަނޑު ވަޅުލުމަށް ޢާއިލާ އާއި ރަޙްމަތްތެރިން ތައްޔާރުވަމުންވެސް ދަނިކޮށެވެ.

ފްރާންސްގެ ވެރިރަށް ޕެރިހާއި، އެނޫންވެސް ސިޓީތަކުގައި ހަމަނުޖެހުންތައް ބޮޑުވެފައި ވަނީ، ފްރާންސްގެ ފުލުހުން 17 އަހަރުގެ މުސްލިމް ފިރިހެންކުއްޖެއްގެ ގަޔަށް ބަޑިޖަހާ މަރާލުމާއި ގުޅިގެންނެވެ.

ފްރާންސްގެ ފުލުހަކު މަރާލި މުސްލިމް ކުއްޖާއަކީ، އަލްޖީރިއާއަށް ނިސްބަތްވާ ކުއްޖެކެވެ. އަދި އޭނާއަކީ، އޭނާގެ އާއިލާގައި ހުރި ހަމައެކަނި ކުއްޖާވެސް މެއެވެ.

17 އަހަރުގެ ކުއްޖާގެ ގަޔަށް ބަޑިޖަހާ މަރާލުމާއި ގުޅިގެން އާއްމުންނާއި ފުރާވަރުގެ ކުދިން މަގުތައް މައްޗަށް ނުކުމެ، ދަނީ ހަމަނުޖެހުންތައް ހިންގައި، ފިހާރަތަކާއި އެނޫންވެސް ތަންތަން ލޫޓުވައި، ތަންތާނގައި ހުޅުޖަހަމުންނެވެ.

ހަމަނުޖެހުންތައް މައިތިރި ކުރުމަށް ފުލުހުން ހަތިޔާރު ބޭނުން ކުރުމުގެ ސަބަބުން 54 އަހަރުގެ މީހަކުވެސް ވަނީ މަރުވެފައެވެ. ފްރާންސްގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ފުލުހުން ވަނީ 900 ވުރެ ގިނަ މީހުން ހައްޔަރުވެސް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.