Advertisement

23 Mar 2024
ދީން

މަކަރު ހެދުމާއި ހަސަދުވެރިވުމުން ދުރުހުލިވުމުގެ އިނާމު މަތިވެރި

ކުޑަ ކަމަކުން ވެސް ނުވަތަ ވަރަށް އާދައިގެ ކަމެއްހެން ހީވާ ކަމަކުން ވެސް ތިމާ ހީވެސްނުކުރާހާ މަތީ ދަރަޖައަކަށް ވާޞިލުވެވިދާނެއެވެ.

"ނޫން.އެމްވީ" ގެ "ރޯދައާ ހެޔޮ އަމަލު" ސީރީޒްގައި މިއަދު ޝެއިޙް އިލްޔާސް ޖަމާލް އަލިއަޅުވާލެއްވީ އޮޅުވާލުމާއި މަކަރުހެދުމާއި ހަސަދަވެރިވުން ފަދަ ކަންކަމުން ދުރުހެލިވެ މީހާގެ ހިތް ސާފުކުރުމުގެ މާތްކަމާ ގުޅެ ގޮތުންނެވެ.

އެއްދުވަހަކު ކީރިތި ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނާއެކު މަސްޖިދުއްނަބަވީގައި އިންނަވާފައި ޙަދީޘްކުރެއްވި؛

( يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ )

މިހާރު ތިޔަބައިމީހުންގެ ތެރެއަށް ވަންނާނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން މީހެކެވެ.

މިގޮތަށް ތިން ދުވަހު އެކަލޭގެފާނު ޙަދީޘްކުރެއްވި ހިނދު ކޮންމެ ދުވަހަކު މިސްކިތައް ވަދެގެން އައީ ހަމަ އެކަކު. އެހިނދު އެމީހާ ކުރާ ޚާއްޞަ ޢަމަލަކީ ކޮބައިތޯ ބައްލަވަން عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ އެ މީހާގެ ގޭގައި ތިން ރޭ މެހުމާނެއްގެ ގޮތުގައި މަޑުކުރެއްވި. ނަމަވެސް އޭނާ މާގިނަ ހެޔޮ ޢަމަލުތަކެއް ކުރައްވާތަނެއް ފެނިވަޑައިނުގެންނެވިއެވެ.

އެންމެ ފަހުން އެކަމާމެދު އޭނާއާ ސުވާލުކުރުމުން ބުނަނީ ތިމަންނާ އެއްވެސް މުސްލިމަކަށް މަކަރުހަދައި އޮޅުވައިނުލަމެވެ. އަދި އެއްވެސް މީހަކަށް ﷲ ދެއްވި ނިޢުމަތަކާމެދު ތިމަންނާ ޙަސަދަވެރިނުވަމެވެ. އެހިނދު ޢަބްދުﷲގެފާނު ވިދާޅުވަނީ؛

هَذِهِ الَّتِي بَلَغَتْ بِكَ ، وَهِيَ الَّتِي لَا نُطِيقُ

"ތިއީއޭ ތިބާ އެ މަތިވެރި ދަރަޖައާ ހަމައަށް ވާޞިލްކޮށްދިން ކަމަކީ. އަދި އަހަރުމެންނަށް އެކަމެއްކުރުމަށް އުނދަގޫވެގެން މިއުޅޭ ކަމަކީ."

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން ހިތް ސާފުކުރައްވާ! ހީވެސްނުކުރާހާ މަތީ ދަރަޖައާހަމައަށް ވާޞިލުވެވޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.