Advertisement

22 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފްރާންސް ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕުގައި މުސްލިމް ކުޅުންތެރިން ރޯދަ ހިފުން މަނާކޮށްފި

ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރަހްމަތްތެރިކަމުގެ ދެ މެޗެއް ކުޅުމަށް ފްރާންސްގެ ގައުމީ ފުޓުބޯޅަ ޓީމު ކޭމްޕްކޮށްފައިވާއިރު، ގައުމީ ޓީމުގެ މިފަދަ ކޭމްޕްތަކުގައި ރޯދަ ހިފުން މަނާ ކުރާ އުސޫލެއް، އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ކަނޑައަޅައިފިއެވެ

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަނުގެ މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. މިކަމާ ގުޅިގެން ކެނަޑާގެ ޖާނަލިސްޓަކު ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނަށް މަލާމާތްކޮށް ބުނެފައިވަނީ، މި އަހަރުގެ އޮލިމްޕިކްސް ބާއްވާ ގައުމުން މި ދައްކަނީ ލާމަސީލު ނަމޫނާއެއް ކަމަށާއި، ފްރާންސްއަކީ އެންޓި-މުސްލިމް ޗެމްޕިއަނެއް ކަމަށެވެ

ފުޓުބޯޅަ ފެޑެރޭޝަނުގެ މި ނިންމުމާ ގުޅިގެން، ގައުމީ ޓިމުގެ ޓްރެއިނިން ކޭމްޕުގައި އެއްވެސް ކުޅުންތެރިއަކަށް ވަކިގޮތަކަށް ކެއުމުގެ ކަންތައްތައް ހަމަޖައްސައި ނުދިނުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިކަމުގެ ސަބަބުން ގެއްލޭ ރޯދަތައް ފަހުން ހިފުމަށް ކުޅުންތެރިންނަށް އަންގާފައިވާކަމަށް ވެސް ހަބަރުތައް ބުނެއެވެ

މިކަމާ ގުޅިގެން ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅޭ، ލިއޯންގެ މިޑިފިލްޑަރ މަހަމަޑޫ ޑިއަވާރާ ޓްރެއިނިން ކޭމްޕް ދޫކޮށް ގޮސްފައިވާކަމަށް އީއެސްޕީއެންއިން ރިޕޯޓުކޮށްފައިވެއެވެ

މި ނިންމުން ދިފާއުކޮށް ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް، ފިލިޕް ޑިއާލޯ ބުނެފައިވަނީ، އެ ނިންމުމަކީ ކުޅުންތެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ވިސްނުމުގައި ނިންމި ނިންމުމެއް ނޫންކަމަށެވެ. ނަމަވެސް ފްރާންސްގެ ގައުމީ ޓީމަށް ކުޅޭ ކަމުގައިވާނަމަ ހިފަހައްޓަންޖެހޭ އުސޫލުތަކެއް ހުންނަންވާނެކަމަށް ބުނެ، އޭނާވަނީ މި މައްސަލަ ހަމަޖައްސާލަން މަސައްކަތްކޮށްފައެވެ.

މިފަދަ ގިނަ ނިންމުންތަކެއް މުސްލިމް އެތުލީޓުންނާ ދެކޮޅަށް ފްރާންސްއިން ވަނީ މީގެ ކުރިންވެސް ނިންމާފައެވެ. އެ ގޮތުން މިދިޔަ ރޯދަމަހު އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ފްރާންސް ލީގުގެ ރެފްރީންނަށް ފޮނުވި އީމެއިލެއް ވެސް ވަނީ ލީކުވެފައެވެ. އެ އީމެއިލްގައި، ލީގު މެޗެއްގެ ތެރެއިން މުސްލިމް ކުޅުންތެރިން ރޯދަ ވީއްލުމަށް މެޗު މެދުކަނޑާލުން ރެފްރީންނަށް މަނާކޮށްފައިވާކަން އަންގާފައިވެއެވެ

އަދި ހަމައެގޮތަށް، މި އަހަރު ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގައި އަންހެން އެތުލީޓުން ބުރުގާ އެޅުން މަނާ ކުރާ އުސޫލެއްވެސް އެ ގައުމުން ކަނޑައަޅާފައިވެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.