Advertisement

22 Mar 2024
ދީން

ވަރަށް އާދައިގެ ކަމެއްހެން ހީވާ ކަމަކުން ވެސް ގިނަ ދަރުމަ ލިބިދާނެ

ކުޑަ ކަމަކުން ވެސް ނުވަތަ ވަރަށް އާދައިގެ ކަމެއްހެން ހީވާ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެއެވެ.

"ނޫން.އެމްވީ" ގެ "ރޯދައާ ހެޔޮ އަމަލު" ސީރީޒްގައި މިއަދު ޝެއިޙް އިލްޔާސް ޖަމާލް އަލިއަޅުވާލެއްވީ އާންމުންނަށް އުނދަގޫވެދާނެފަދަ ކަންކަން ކުރިމަތި ނުވާނެ ގޮތަކަށް އަމަލުކުރުމުގެ މާތްކަމާ ގުޅޭ ގޮތުންނެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ:

(لقد رأيتُ رجلاً يتقلَّبُ في الجنةِ في شجرةٍ قطَعَها من ظهر الطريقِ كانت تُؤذِي الناسَ) رواه مسلم

މާނައީ: "ހަމަކަށަވަރުން މީސްތަކުންނަށް އުނދަގޫވާގޮތަށް މަގުގެ މެދުން ހެދިފައިހުރި ގަހެއް ކަނޑާލި ކަމަށްޓަކައި ސުވަރުގޭގެ ނިޢުމަތްތަކުން ނިޢުމަތްތައް ލިބިލިބިހުރި މީހަކު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ."

ލޮބުވެތި މުސްލިމް އަޚުން! ވަރަށް އާދައިގެ ކަމެއް ކަމަށް ހީވާ ކިތަންމެ ކަމަކުން ވަރަށް ގިނަ ދަރުމައާއި ސަވާބު ލިބިދާނެއެވެ.

ހަނި މަގުތަކުން ދުއްވާފައި ދާ އުޅަނދުތަކަށް އުނދަގޫވާގޮތަށް ވެހިކަލެއް ޕާކް ކޮށްފައިވާތަން ފެނިއްޖެނަމަ، އެ ވެހިކަލް އެތެރެއަށް ޖައްސާލުމާއި، މަގުމައްޗަށް ކުނިއެޅިފައިވާނަމަ، އެ ނަގާލުން، މަގުމެދުގަ ގާކޮޅެއް ނުވަތަ އެނޫންވެސް ދުއްވާފައިދާ އެއްޗިއްސަށް އުނދަގޫވާ ޒާތުގެ އެއްޗެއް ފެނިއްޖެނަމަ، އެއެއްޗެއް އެއްކައިރި ކޮށްލުމަކީ ވެސް ދަރުމައާ ސަވާބު ލިބޭނެ ކަމެކެވެ.

މި ނޫންވެސް މީސްތަކުންނަށް އުނދަގޫވާނެ ކަމަކުން އެ މީހުން ސަލާމަތްކުރުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރާ ކަމަކީ އެތައް ދަރުމައާއި ސަވާބު ލިބި، ތިމާ ސުވަރުގެއަށް ވަނުމުގެ ސަބަބަކަށް ވެދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.