Advertisement

އިހްސާސް ޕްރޮގްރާމްގެ ކަވަރ ފޮޓޯ-- ފޮޓޯ: ޓީވީއެމް

18 Mar 2024
ޚަބަރު

ޕީއެސްއެމްގެ އިހްސާސް ޕްރޮގްރާމްގެ ކޮންޓެންޓް ދެން ރަނގަަޅަށް ބަލާނެ ކަމުގައި ޕީއެސްއެމްއިން ބުނެފި

ޕީއެސްއެމްގެ ޗެނަލް، ޓީވީއެމްއިން ގެނެސްދޭ އިހްސާސް، ސިލްސިލާގައި މިރޯދަމަހު ދެއްކި ފުރަތަމަ އެޕިސޯޑުގައި ދެއްކި ވާހަކަތަކާއި މެދު އާއްމުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްޤުގައި މަސައްކަތްކުރާ ފަރާތްތަކުން ނުރުހުން ފާޅުކުރަން ފެށުމުން އެޕްރޮގްރާމްގެ ކޮންޓެންޓް "ފުރިހަމައަށް" ބެލުމަށްފަހުގައި ކަމަށް، ޕީއެސްއެމްއިން ބުނެފިއެވެ.

ފާޑު ކިޔުންތައް ބޮޑުވެފައި ވަނިކޮށް އިއްޔެ ޕީއެސްއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ސިލްސިލާގެ ފުރަތަމަ އެޕިސޯޑު ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްގެ އާއިލާ އާއެކު ގެނެސްދީފައި ވާއިރު، އެޕްރޮގްރާމްގައި ބަސްމަގު ބޭނުން ކުރެވިފައި ވަނީ އެންމެ އެދެވޭ "ނެރޭޓިވް"ގައި ނޫންކަމަށް އެކުންފުނިން ޤަބޫލު ކުރާ ކަމަށެވެ.

އެހެންވެ އެކަމާއި ގުޅޭ ގޮތުން ކުންފުނީގެ އިސްވެރިންގެ ބައްދަލުވުންތައް ބާއްވައި މަޝްވަރާކޮށްފައިވާ ކަމަށާއި، އަދި އެކުންފުނީގެ ކޮންޓެންޓް ބަލާ ކޮމިޓީން، ކޮންޓެންޓް ފުރިހަމައަށް ބެލުމަށް ފަހު، ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅުކޮށްފައި މެނުވީ، ދެން ޕްރޮގްރާމް ނުދައްކާނެ ކަމުގައި ވެސް ޕީއެސްއެމްއިންބުނެފައިވެއެވެ.

ޕީއެސްއެމްގެ ޗެނަލް ޓީވީއެމްއިން "އިހްސާސް"ގެ ނަމުގައި ކޮންމެ ރޯދަ މަހަކު މިސިލްސިލާ ގެނެސްދެމުންދާތާ މިއީ 4 ވަނަ އަހަރެވެ.

މި ސިލްސިލާގެ މިރޯދަމަހުގެ ފުރަތަމަ އެޕިސޯޑުގައި، ޕްރެޒެންޓަރު ނަމްޒާ ވަނީ، އެޕްރޮގްރާމްގައި ބައިވެރިވި ޙާއްސައެހީއަށް ބޭނުންވާ ކުއްޖާގެ މަންމައަށް އެއާއިލާގެ ނިކަމަތިކަމާއި ކުއްޖާގެ ނުކުޅެދުންތެރިކަމަކީ ދުވަހަކުވެސް ބަދަލުވުންނެތްކަމެއްކަމަށް ބުނެދީ ހަނދާންކޮށްދީފައެވެ. އެކަމާއި ގުޅިގެން އާއްމުން ވަނީ ނަމްޒާއަށާއި ޕީއެސްއެމްއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ނިކަމެތިކޮށްލުންކަމުގައިވެސް އާއްމުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މިކަންތަކާއި ގުޅިގެން ޕީއެސްއެމްއިން ބަޔާނެއް ނެރެ، ކުރިޔަށް އޮތް ތަނުގައި ޕްރޮގްރާމްގެ ކޮންޓެންޓް ބަލައި އިތުރަށް ރަނގަޅުކުރާނެ ކަމަށް ބުނެފައި ވިޔަސް، އެކަމާއި ގުޅިގެން އެ އާއިލާ އާއި ބެލުންތެރިންގެ ކިބައިން މަޢާފަށް އެދިފައި ނުވާތީ ވެސް ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރެއްވި ތަޖުރިބާކާރު ބޭފުޅުންވެސް ވަނީ އެކަމާއި މެދު ފާޑު ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.