Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަން

18 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކޮމަންޑޫ މެޖިސްޓްރޭޓް ކުޅުދުއްފުއްޓަށް ބަދަލުކުރައްވައިފި

ށ. ކޮމަންޑޫ ކޯޓުގެ މެޖިސްޓްރޭޓް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް އެކަމަށް އެދިވަޑައިގެން ހުށައަޅުއްވާފައި ވާތީކަމުގައި ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

އެކޮމިޝަނުން ވިދާޅުވީ، ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދެ އެކުލަވާލައި ތަންފީޒް ކުރަމުންދާ ކަމަށެވެ. 

އަލްއުސްތާޛާ ޙައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރުމަށް ޖޭއެސްސީން ނިންމަވާފައި ވަނީ މާރިޗު 17 ވަނަ ދުވަހުން ފެށިގެންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
11 Apr 2025
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ސޭފް ހޯމް އަޅަން ސަރުކާރުން 31 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާ "ސޭފް ހޯމް" ފެސިލިޓީއެއް ތަރައްގީކުރަން ސަރުކާރުން 31 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފިއެވެ.
10 Apr 2025
ޚަބަރު
ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް މީހުން ބިނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ހިންގާ ބައިވަރު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސަރވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތްކަން ފާހަގަކުރައްވާފައެވެ.
10 Apr 2025
ޚަބަރު
ބޭރުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނޭ ކަމުގައި ރައީސް ވިދާޅުވެއްޖެ
އެމަނިކުފާނު ވިދާޅުވީ، ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.