Advertisement

ކުޑަކުއްޖަކު ހުޅުމާލެ ސެންޓްރަލް ޕާކުގެ ވޯޓަރ ފައުންޓަންގެ ތެރޭގައި --

22 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި އިހްސާސް ކުރެވޭ ފިނިހޫނުމިން މިއަދު 40 ޑިގްރީއަށް މަތިވެއްޖެ

ރާއްޖޭގައި އިހްސާސް ކުރެވޭ ފިނިހޫނުމިން މިއަދު 40 ޑިގްރީއަށް މަތިވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން، މިއަދުގެ 11:00ގައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ވަނީ އިހްސާސްކުރެވޭ ފިނި ހޫނުމިން 40.4 ޑިގްރީ ސެލްސިއަށްއަށް ވުރެ މަތިވެފައެވެ. އެއީ، ހދ. ހަނިމާދޫ އަށާއި، ލ ކައްދޫއަށެވެ. އަދި އެނޫން ސަރަހައްދުތަކަށްވެސް އިހްސާސްކުރެވޭ ފިނި ހޫނުމިން ހުރީ 39 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އަސްލު ފިނިހޫނުމިނަށްވުރެ އިހްސާސްކުރެވޭ ފިނި ހޫނުމިން މަތި ވަނީ، އެސަރަހައްދެއްގެ ވައިގެ ތެތްކަމަށް އަންނަ ބަދަލުގެ މައްޗަށް ކަމަށެވެ. އިހްސާސްކުރެވޭ ފިނި ހޫނުމިން މިއަދު 40 ޑިގްރީއަށް އެރި ނަމަވެސް، ރާއްޖޭގެ އެވްރެޖް ފިނި ހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައެވެ.

އޭޕްރީލް މަހަކީ ރާއްޖެއަށް އާއްމުގޮތެއްގައި ހޫނު ގަދަ މަހަކަށް ވުމާއިއެކު، ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިންނާއި އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.