Advertisement

އާސަންދަ ކައުންޓަރު -- ފޮޓޯ: މުޙައްމަދު އަކްރަމް

16 Mar 2024
ޚަބަރު

އާސަންދައިން ދަރިމައިވުމުގެ ފަރުވާތައް ހޯދަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

އާސަންދައިގެ ދަށުން އައިވީއެފް ހެދުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް މިއަދުން ފެށިގެން ފުރުޞަތު ހުޅުވާލައިފިއެވެ.

އިއްޔެއިން ފެށިގެން ފުރުޞަތު ހުޅުވާލާފައި ވާއިރު، އައި.ޔޫ.އައި އަދި އައި.ވީ.އެފްގެ ފަރުވާތަކަށް އާސަންދަ ފޯރުކޮށް ދިނުމުގެ އުސޫލު އެކުލަވާލައި މިހާރު ވަނީ، ހުސްވި ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު ވަނީ އާއްމުކޮށްފައެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން އާސަންދަ މެދުވެރިކޮށް ދަރިމައިވުމުގެ ފަރުވާތައް ހޯދޭނީ އެއުސޫލުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަަކަށެވެ.

އެހެންނަމަވެސް މިއަހަރު އެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ، ފޯމްތައް ހުށައަޅާ ފަރާތްތަކުގެ ތެެރެއިން އެންމެ މަތިން، ޕޮއިންޓް ލިބޭ ފުރަތަމަ 100 ދެމަފިރިންނަށެވެ.

އާސަންދައިގެ ދަށުން އައިވީއެފް ހެދުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ބޭނުންވާ ފޯމް، އާސަންދައިގެ ވެބްސައިޓުން ލިބެން ހުއްނާނެ ކަމަށާއި އަދި އެކަމާއި ގުޅޭ އުސޫލު ގެޒެޓްކުރެވިފައިވާ ކަމުގައިވެސް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

އާސަންދައިގެ ދަށުން އައިވީއެފް ހެދުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ދީފައިވާ ސުންގަނޑިއަކީ، މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހެވެ.

* އާސަންދަ މެދުވެރިކޮށް "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.