Advertisement

14 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޗެމްޕިއަންސް ލީގު: ކުއާޓާ ފައިނަލްގެ ފަހު ދެ ޖާގަ އެތުލެޓިކޯ އަދި ޑޯޓްމަންޑަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ-16 ގައި އެތުލެޓިކޯ މެޑްރިޑާއި އިންޓަ މިލާން ބައްދަލުކުރި ފުރަތަމަ ލެގު ކާމިޔާބުކޮށްފައިވަނީ 1-0 އިންޓަ މިލާނެވެ. އެތުލެޓިކޯ މެޑްރިޑު ކުއާޓާ ފައިނަލަށް ދަތުރުކުރަންޖެހޭ ރާސްތާ އިތުރަށް ދިގުވީ، ދެވަނަ ލެގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ވެސް އިންޓަ މިލާން ފުރަތަމަ ލީޑު ނެގުމެވެ.

އިންޓަ މިލާނުން ލީޑު ނެގީ މެޗުގެ 33 ވަނަ މިނެޓުގައި ފެޑެރިކޯ ޑިމާކޯ ކާމިޔާބުކުރި ގޯލަކުންނެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އެތުލެޓިކޯގެ އެންޓޮނީ ގްރީޒްމަން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗުގެ އެގްރިގޭޓް ސްކޯ ބަދަލުކުރުމަށް އެތުލެޓިކޯ ކުރަމުން ދިޔަ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނީ، މެޗު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް މެމްފިސް ޑިޕޭ ކާމިޔާބުކުރި ގޯލާއެކުއެވެ.

ނަތީޖާއެއް ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުން ވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން، މެޗުގެ ނަތީޖާ ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ.

އެތުލެޓިކޯއަށް ކާމިޔާބު ނުކުރެވުނީ ސައުލް ޖެހި ޕެނަލްޓީ އެކަންޏެވެ. ނަމަވެސް އެޓީމުގެ ކީޕަރު އެތަން ފޫބެއްދިއެވެ. އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކް ވަނީ އެލެކްސިސް ސަންޗޭޒް އަދި ޑެވީ ކްލާސެންގެ ޕެނަލްޓީތައް މަތަކޮށްފައެވެ. އެތުލެޓިކޯ މޮޅުވީ މާޓިނޭޒްގެ ޕެނަލްޓީ ގޯލާ އަމާޒު ނުވެ ހުރަސް ދަނޑިމަތިން ބޭރަށް ދިއުމުންނެވެ.

ގަދަ-ގައި16 ބުދަ ދުވަހުގެރޭ ދެން ކުޅުނީ ބޮރޫޝިއާ ޑޯޓްމަންޑާއި ޕީއެސްވީ އެންދޮވޭންއެވެ. ސިގްނަލް އިޑޫނާ ޕާކުގައި ކުޅުނު މި މެޗު 2-0 އިން ކާމިޔާބުކޮށް، 3-1ގެ އެގްރިގޭޓް ސްކޯއަކާއެކު ކުއާޓާ ފައިނަލުން ޖާގަ ހޯދީ ޑޯޓްމަންޑެވެ.

ޑޯޓްމަންޑަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 3 ވަނަ މިނެޓުގައި ޖޯޑަން ސަންޗޯއެވެ. އަދި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ރިއުޒްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.