Advertisement

13 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސާދަ އަހަރަށްފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް

ޖެހިޖެހިގެން 7 ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގަދަ-16 އިން މުބާރާތާ އަލްވަދާއު ކިޔަންޖެހުނު އާސެނަލް އެންމެ ފަހުން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއީ އެ ކްލަބުން 2009/10 ސީޒަނަށްފަހު މުބާރާތުގެ ކުއާޓާފައިނަލު ކުޅޭ ފުރަތަމަ ސީޒަން ވެސް މެއެވެ.

އާސެނަލްއިން މި މެޗަށް ނިކުތީ، ފުރަތަމަ ލެގުގައި ލިބުނު 1-0ގެ ގެއްލުން ފޫބެއްދުމަށެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން 4 މިނެޓަށް ވެފައި ވަނިކޮށް ޓްރޮސާޑް ޖެހި ގޯލާއެކީ، އެގްރިގޭޓް ސްކޯ ހަމަހަމަވިއެވެ

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅެންޖެހުނެވެ. ނަމަވެސް، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ 2016 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ގަދަ-16 މެޗެއްގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެންޖެހުނު ފުރަތަމަ ފަހަރެވެ

ޕެނަލްޓީ ޝޫޓް އައުޓްގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ ވަނީ ޕޯޓޯގެ 2 ޕެނަލްޓީ މަތަކޮށްފައެވެ. ރަޔާ ވިދާލި މި ޕެނަލްޓީ ޝުޓާއެކު، އާސެނަލްއިން މެޗު ކާމިޔާބުކުރީ 5-3 އިންނެވެ

މި މުބާރާތުގެ ގަދަ-16 ގެ ފަހު ދެ މެޗު މިރޭ ކުޅޭނެއެވެ. ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެތުލެޓިކޯ މެޑްރިޑާއި އިންޓަ މިލާނެވެ. އަދި ދެވަނަ މެޗުގައި ބައްދަލު ކުރާނީ ބްރޫޝިއާ ޑޯޓްމަންޑާއި ޕީއެސްވީ އެންދޮވޭންއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.