Advertisement

މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރޮނާލްޑޯ

11 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ރޮނާލްޑޯ ބުނީ ﷲގެ އިރާދަފުޅާ އެކީ ނަތީޖާ ބަދަލުކުރާނެކަމަށް

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި، ދުނިޔޭގެ އެންމެ މަގުބޫލު އެއް ޝަހްސިއްޔަތު ކަމުގައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދި އަރައްބިއްޔާގެ އަލް ނަސްރުން އަލް އައިނާ ދެކޮޅަށް ނިކުންނައިރު، މެޗުގެ ފުރަތަމަ ލެގު ގެއްލިފައިވީ ނަމަވެސް، މާތް ގެ އިރާދަފުޅާއެކު ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރާނެކަމަށް ރޮނާލްޑޯ ބުނެފިއެވެ. ރޮނާލްޑޯ މިހެން ބުނެފައިވަނީ އޭނާ ކުރި އިންސްޓްގާމް ޕޯސްޓެއްގައެވެ. މީގެ އިތުރުން، މި މެޗާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އޭނާ މިހެން ބުނެފައިވެއެވެ.

މިރޭ (ހޯމަ ދުވަހުގެރޭ) ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ބުނީ "ރެމޮންޓާޑާ އިންޝާﷲ" މިހެންނެވެ. ސްޕެނިޝް ބަހުން "ރެމޮންޓާޑާ"ގެ މާނައަކީ އެނބުރި އައުމެވެ. ރޮނާލްޑޯގެ މި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމު ވެފައެވެ

ރޮނާލްޑޯ ސޯސަލް މީޑިއާގައި "އިންޝާﷲ" މި ލަފްޒު ބޭނުން ކުރުމުން، އޭނާ ވަރަށް އަވަހަށް އިސްލާމްވާނެކަމަށް ބުނެ އޭނާގެ ބައެއް ސަޕޯޓަރުން ކޮމެންޓުކޮށްފައިވެއެވެ. ނަމަވެސް ދީނާ ގުޅިގެން މިފަދަ އެއްވެސް ކަމެއް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ.

ފުޓުބޯޅައިގައި "ރެމޮންޓާޑާ" މި ބަސް އެންމެ މަގުބޫލުވެފައިވަނީ ބާސެލޯނާއިން 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ "ރައުންޑް އޮފް 16"ގެ ދެވަނަ ލެގުގައި ޕީއެސްޖީގެ މައްޗަށް ހޯދި 6-1ގެ ނަތީޖާއަށްފަހުއެވެ. އެ ފަހަރުގެ ފުރަތަމަ ލެގުގައި ބާސެލޯނާގެ މައްޗަށް ޕީއެސްޖީ ކުރި ހޯދާފައިވަނީ 4-0 އިންނެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު އަލް ނަސްރަށް ގެއްލިފައިވަނީ 1-0 އިންނެވެ. އެހެންކަމުން، އަލް ނަސްރުގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި އެގްރިގޭޓް ސްކޯއިން ކުރި ހޯދުމަށް އަލް ނަސްރުއަށް މަޖުބޫރު ވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.