Advertisement

ރައްޔިތުންގެ މަޖިލިސް --

07 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ދަތްދޮޅި ދުއްވާލާނެ ކަމަށް ވިދާޅުވެ އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅާއި ގުޅިގެން މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ނަމަ، މަޖިލީހުގެ އިދިކޮޅު، މެމްބަރެއްގެ ދަތްދޮޅި ދުއްވައި ލައްވާނެކަމަށް ދޭހަވާގޮތަށް، މިނިސްޓްރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކަފުޅާއި މެދު ރައްޔިތުންގެ މަޖިލީހުންގެ ރައީސް މުޙައްމަދު އަސްލަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނީ، މަޖިލީހުގެ މެމްބަރުންނަށް ހަމަލާދިނުމަށް ހިއްވަރު ލިބޭ ގޮތަށް ވަޒީރަކު ދެއްކެވި ވާހަކަފުޅަކީ، ވަޒީރަކު ދެއްކެވުމަށް އެކަށީގެންވާ ވާހަކަފުޅެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަލާމަތާއި ރައްކާތެރިކަމަށް، ހުރަސް އެޅިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ސަރުކާރުގެ މަސްއޫލިއްޔަތަކަށް ވީ ހިނދު، ސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖިސްމާނީ އަނިޔާ ދިނުމަށް ހިއްވަރު ލިބޭގޮތަށް ވާހަކަފުޅު ދެއްކެވުމަކީ މަޖިލީހުގެ ރައީސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިންޒާރުތައް ދެމުންދާ މިދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ވަޒީރަކު، އެގޮތަށް ވާހަކަދެއްކެވީތީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރައްވަމުންދާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވުމަށާއި، އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައި ނުގަތުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މިއަދު އިލްތިމާސްކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިދައުރުގައި އިންނެވިނަމަ، މަޖިލީހުގެ މެމްބަރެއްގެ ދަތްދޮޅި ދުއްވާނުލައި ނުހުންނެވޭނޭ ކަމަށް ވިދާޅުވެ، މިނިސްޓަރ އާދަމް ޝަރީފް ވާހަކަފުޅު ދެއްކެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި މ.ދިއްގަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރޭގައެވެ. އެހެން ނަމަވެސް ފަހުން އާދަމް ޝަރީފް ވިދާޅުވީ އެއީ މަޖާޒީ ގޮތުން ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖިސްމާނީ އަނިޔާދިނުން މޭރުންވާ ގޮތަށް، މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަފުޅު އެންމެ ފުރަތަމަ އާދަމް ޝަރީފް ދައްކަވާފައި ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވައެވެ. ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުގެމަޤާމުވެސް އާދަމް ޝަރީފް ވަނީ ފުރުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.