Advertisement

އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: އެމްޓީސީސީ

07 Mar 2024
ޚަބަރު

މާލީ ހާލަތު ރަނގަޅު ކުރުމަށް އެމްޓީސީސީން މަސްވެރިކަމާއި ޓޫރިޒަމް މާކެޓަށް

އެމްޓީސީސީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މަސްވެރިކަމާއި ޓޫރިޒަމް މާކެޓަށް ވަނުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ޢަބްދުﷲ ޒިޔާދު ވިދާޅުވީ، އަދުގެ ސަރުކާރުން އެމްޓީސީސީ ހިންގުމާ ހަވާލުވިއިރު ކުންފުނީގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި، ހަމައެކަނި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުން ލިބޭ އާމްދަނީއަށް ބަރޯސާ ނުވެ، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްޓީސީސީގެ 85 ޕަސެންޓް އާމްދަނީ އަކީ މިހާރުވެސް ހަމައެކަނި ސަރުކާރުގެ ޕްރޮޖެކްޓްތަކުން ލިބޭ އާމްދަނީ ކަމަށާއި، މަސްވެރިކަމާއި ޓޫރިޒަމް މާކެޓަށް ވަނުމުން ކުންފުނީގެ އާމްދަނީ އިތުރުކޮށް މާލީ ހާލަތު އިތުރުކުރުމަށް ރަނގަޅު ފުރުސަތުތައް ލިބިގެންދާނެ ކަމަށް މި ބައްދަލުވުމުގައި ޒިޔާދު ވިދާޅުވިއެވެ.

ކުންފުނީގެ ދަރަނި އަދާކުރުމަށް ފައިސާ ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް ކުރެވޭނެ މަސައްކަތްތައް އެބަހުރި ކަމަށް ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ހުސައިން މުހައްމަދު މަނިކު އިއްޔެ ވަނީ ވިދާޅުވެފައެވެ. މިގޮތުން މަސްވެރިކަމާއި ޓޫރިޒަމް ދާއިރާއިން ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި ކުންފުނީގެ ބިޒްނަސް ޕްލޭންގައި މިކަންކަން ހިމެނޭކަމަށް ހުސައިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ފަޅުތައް ހިއްކައިގެން އިންވެސްޓަރުންނަށް ވިއްކުމުން ކުންފުންނީގެ ވިޔަފާރިއަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.

މާލީ ހާލަތު ދަށްވުމުގެ އިތުރުން ކުންފުނީގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ދުވެލި ވަރަށް ބޮޑަށް މަޑުޖެހިފައިވާކަން އިއްޔެގެ ބައްދަލުވުމުގައި ކުންފުނީގެ ސީއީއޯ ޒިޔާދު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ކުންފުނީގެ ފަރާތުން ދެމުންގެންދާ އާރުޓީއެލް ފެރީގެ ޚިދުމަތްވެސް އުޅަނދުތައް ނެތުމުގެ ސަބަބުން ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި އެ ޚިދުމަތް ނުދެވޭކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ. ޒިޔާދު ވިދާޅުވީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުން، އެ ކުންފުންޏަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު އިތުރުކުރެވިގެންދާނެ ކަމަށެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.