Advertisement

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމައް ތައްޔާރުކޮށްފައިވާ ޑޭޝް-8 މަތިންދާ ބޯޓު، ޓްރާންސްޕޯޓް މިނިސްޓަރ ބައްލަވާލެއްވުން ---

29 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އެއާ އެމްބިއުލާންސްގެ ޚިދުމަތް މާދަމާ ފަށަނީ

ދިވެހިސަރުކާރުގެ އަމިއްލަ ޚަރަދުގައި، އަދި އަމިއްލަ މަތިންދާ ބޯޓުތަކުގައި ރާއްޖޭގައި އެއާ އެމްބިލާންސްގެ ޚިދުމަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހެލްތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް ހެލްތު، ޑރ. ޢަބުދުﷲ ޚަލީލް ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ޚިދުމަތް މާދަމާ ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ.

މާރިޗު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފުޅެކެވެ. އެ ވަޢުދުފުޅާއި އެއްގޮތަށް މާދަމާ އެ ޚިދުމަތް ފެށިގެންދާނެ ކަމުގައި، އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ، ނ. މަނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވި ގޮތުގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި ދެ މަތިންދާ ބޯޓެއް ބޭނުން ކުރުމަށް ހަމަޖައްސާފައިވެއެވެ. އެއީ ޑޭޝް 8ގެ އެއް މަތިންދާ ބޯޓަކާއި، މޯލްޑިވިއަންގެ ސީޕްލޭނެކެވެ. މިނިސްޓަރ ވިދާޅުވީ، ޚިދުމަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ މުވައްޒަފުންވެސް މިހާރު މަގާފައިވާ ކަމަށެވެ. މިގޮތުން އެއާ އެމްބިއުލާންސްގެ އޮޕަރޭޝަންތަކަށް ޖުމުލަ 15 މުވައްޒަފުން މިވަގުތު ނަގާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި ވައިގެ މިގުން ބަލި މީހުން އުފުލުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި، މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކެވެ. އެހެން ނަމަވެސް މިއީ އެއާއެމްބިއުލާންސްގެ ގޮތުގައި ވަކި ޚާއްސަ ބޯޓުތަކެއް ހަމަޖައްސައިގެން މިޚިދުމަތް ރާއްޖޭގައި ފަށާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.