Advertisement

ގއ ވިލިގިލީގައި އޮޑިހަރުގެ އަނދާފައި -- ފޮޓޯ: އަދުނާން ޙަލީމް ފޭސްބުކް

29 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ގއ. ވިލިގިލީގައި ބަންނަމުން ދިޔަ ސަފާރީއެއްގައި ރޯވެ އަނދައިފި

ގއ. ވިލިގިލީގައި ސަފާރީއެއް ބަންނަމުން ދިޔަ ހަރުގެއެއްގައި ރޯވެ ސަފާރީމުޅިން އަނދައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ރޭގެ އިރާކޮޅު ކަމަށާއި، މިހާރު އަލިފާން މުޅިން ނިވާލެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާދިސާގައި ހަރުގޭގައި ބަންނަން ފަށާފައިހުރި ސަފާރީ ބޯޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި އޮޑިހަރުގޭގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށް ބެލެވެއެވެ.

އެއޮޑިހަރުގޭގައި ސަފާރީ އުޅަނދު ބަނުމުގެ މަސައްކަތް ކުރަމުންދާތާ މިހާރު ވަނީ 5 އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި އިރު، ގއ. ވިލިގިލީގައި އަލިފާން ނިވާލެވޭނެ އާލާތްތަކެއް ނެތުމުން، އޮޑިހަރުގެ އަނދައިގެންދާންދެން ބަލަން ތިބެންޖެހުނުކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުންތައް ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

އަލިފާނުގެ މިހާދިސާ ފުލުހުން ވަނީ ތަޙްޤީޤުކުރަން ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.