Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

28 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މިއަދު ރައީސް އޮފީސް ބަންދުކުރެވޭނީ ޤާނޫނު ގެޒެޓްކޮށްފައި: އިބްރާ

ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވައި، އަނބުރާ ފޮނުއްވާލެއްވި، އާއްމު އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރެއްވުމާއި ގުޅިގެން މިއަދު ރައީސް އޮފީސް ބަންދުކުރެވޭނީ އެބިލް ގެޒެޓްކޮަށްފައި ކަމުގައި،  ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވީ، އާއްމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާލެއްވުމާއި ގުޅިގެން އެބިލް ރައްޔިތުންގެ މަޖިލީހުން މިއަދު އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރެއްވުމާއި ގުޅިގެން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ. އިބްރާ ވިދާޅުވީ،  މިބިލު ދެން ތަޞްދީޤު ނުކުރުމުގެ އެއްވެސް މަޙައްލެއް ނޯންނާނެ ކަމަށާއި، ކޯޓުންވެސް މިބިލާއި މެދު އިތުރު ގޮތެއް ނިންމޭނީ ތަޞްދީޤު ކުރުމަށްފަހުގައި ކަމަށެވެ.

އިބްރާވިދާޅުވީ، ތަޞްދީޤު ކުރަން ވާނެކަމަށް ޤާނޫނު އަސާސީގައި އޮވެ، ވަކި މުއްދަތެއް ނެތުމުން، އޭގެ މާނައަކީ ރައީސް އޮފީސް މިއަދު ބަންދުކުރެވޭނީ ގެޒެޓްކޮށްފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، އިބްރާހީމް އިސްމާއީލަކީ، މިހާރު އަމަލުކުރެވެމުން މިދާ ފެހި ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރެވެ. ޤާނޫނު އަސާސީ އާއި ގުޅޭ ގޮތުން އުފެދޭ ދުސްތޫރީ ބަހުސްތަކުގައި އާއްމުކޮށް އިބްރާ ވާހަކަފުޅު ދައްކަވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.