Advertisement

ރައްޔިތުންގެ މަޖިލިސް --

28 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވައި ފޮނުއްވާލެއްވި، ބިލް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވައި، އަނބުރާ ފޮނުއްވާލެއްވި، އާއްމު އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިބިމް މަޖިލީހުން ފާސްކުރައްވާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، 47 މެމްބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ، 14 މެމްބަރުންނެވެ.

ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން އަނބުރާ ފޮނުއްވާލާފައި ވަނީ، މިމަހުގެ 25 ވަނަ ދުވަހުގައެވެ. 

ރައްޔިތުންގެ މަޖިލީހުން މިއަދު މި ބިލް 2 ވަނަ ފަހަރަށް ފާސްކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް މިބިލް ތަސްދީޤު ކުރައްވަިއ ގެޒެޓް ކުރެއްވުން ލާޒިމްވެގެން ދާނެއެވެ.

ސަރުކާރުން ބޭނުންވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަމަހުގެ ތެރޭގައި ބޭއްވުން ކަމަށްވާތީ، މިބިލް އަލުން މަޖިލީހުން ފާސްކުރެއްވި ނަމަވެސް ބިލް ތަސްދީޤުނުކުރައްވައި ބާއްވައިފާނެ ކަމަަށް ބައެއް ބޭފުޅުން ތުހުމަތު ކުރައްވައެވެ. މިފަދަ ހާލަތެއް 2010 ވަނަ އަހަރުވެސް ކުރިި މަތިވިއިރު އެފަހަރު، އެމައްސަލަ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ހުށައެޅުމުން، އެކޯޓުން ނިންމާފައި ވަނީ، ދެވަނަ ފަހަރަށް މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީޤުނުކޮށް ދަންމާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނީ 14 ދުވަހުގެ މުހުލަތެއް ކަމަށެވެ. 

އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙް މަޖިލީހުން ދެވަނަފަހަރަށް ފާސްކޮށްފައި ވާއިރު އެކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށް ވާހަކައެއް ނުދައްކައެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި ވަނީ، އެކޮމިޝަނުން ތަބާވާނީ ޤާނޫނަށް ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުން ބިލް ދެވަނަ ފަހަރަށް ފާސްކުރެއްވި ނަމަވެސް އެބިލް ޤާނޫނަކަށްވާނީ ރައިސުލްޖުމްހޫރިއްޔާ އެބިލް ތަސްދީޤުކުރައްވައި ގެޒެޓްކުރެއްވުމުންނެވެ. އިލެކްޝަންސް ކޮމިޝަނަށް މިހާރު ކަނޑައަޅާފައިވާ ތާރީޚަށް ބަދަލެއް ގެނެވޭނީ އެބިލް ޤާނޫނަކަށް ވުމަށް ފަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.