Advertisement

ފޮޓޯ: މަޖިލިސް

28 Feb 2024
ޚަބަރު

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގައި ފުއްދާނެކަމަށް ބުނި ކަންކަން ނުފުއްދާތީ މަޖިލީހަށް ކުއްލި މައްސަލައެއް

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގައި ފުއްދާނެ ކަމަށް ހިމަނާފައިވާ ކަންކަން ނުފުއްދައި، ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 35 ޕަސެންޓް ވައުދު ފުއްދާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ބޮޑު ދޮގެއް ކަމަށެވެ. މީކާއީލް ވިދާޅުވީ، މައުލޫމާތު އިތުރަށް ދިރާސާކުރުމުން 59 އިންސައްތަ ކަންކަން ހާސިލް ނުވާ ކަމަށާއި، 18.9 އިންސައްތަ އަކީ ދޮގުކަމާއި، އަދި ހާސިލްވެފައި ވަނީ އެންމެ 24.3 އިންސައްތަ މަސައްކަތްކަން އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ދޮގާ އޮޅުވާލުމުގެ ތެރެއިން މި ސަރުކާރުން ވެރިކަމާ ހަވާލުވެ، 100 ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިން ބާލާނެ ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށެވެ. އެގޮތުން، މަތީ ލެވެލްގެ ކޮމެޓީ ބައްދަލުވުންތަކެއް ފިޔަވާ އިތުރު މަސައްކަތެއް އެމީހުން ފޮނުވާލަން ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ހެލިކޮޕްޓަރުތައް ދުއްވާ ފަރާތްތައް ކުލަ ހެދުމުގައި ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ހާމަކޮށްފައިވާ ހާމަކުރުމުން އެނގެނީ ރާއްޖޭގައި އެއްވެސް އިރެއްގައި ދިވެހިންގެ އިސްތިގުލާލަށާ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ހަމަ އެންމެ ހަތިޔާރު އެޅި ސިފައިންގެ މީހަކުވެސް ނެތްކަން،" 

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ 100 އަށްވުރެ ގިނަ އެއްބަސްވުން ކުރީ ސަރުކާރުން ވެފައިވާ ކަމަށް ބުނި ނަމަވެސް، އެއްބަސްވުންތަކުގައި ހިމެނޭ އެފަދަ މާއްދާތައް މިއަދާ ހަމައަށް ހާމަކޮށްފައި ނުވުމަކީ ސަރުކާރުން ދޮގު ހަދާ މިންވަރު އެނގޭ ކަމެއް ކަމަށް މީކާއިލް ވަނީ ވިދާޅުވިފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިއްޖެ ކަމަށްބުނެ އިޓްލޮސްގައި އިސްތިއުނާފް ކުރަން ބުނި މައްސަލައިގެ ހަބަރެއް ނެތް ކަމަށާއި، ކުރީ ސަރުކާރުން ނެގި ލޯނުތައް ރީފައިނޭންސް ކުރުމުގެ އެއްވެސް މަސައްކަތެއް ވެސް ނުކުރާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.