Advertisement

ޒަކާތް ބެހުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

22 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 9 މިލިޔަން ރުފިޔާ ބަހައިފި

މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު، 9 މިލިޔަން ރުފިޔާ، ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޖަމާކޮށްދީ ނިންމައިފި ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، ހުސްވި ރަމަޟާން މަހު، ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ ޖުމުލަ، ޖުމްލަ 9,003,324.05 (ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި) ކަމަށެވެ.

އަދި ޒަކާތް ދައްކާފައި ވަނީ، 175485 (އެއްލައްކަ ހަތްދިހަ ފަސްހާސް ހަތަރުސަތޭކަ އައްޑިހަ ފަހެއް) މީހުންކަމުގައިވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވައެވެ.

މިނިސްޓްރި އޮފް އިސްލާމިކް އެފެއަރޒްއިން ހާމަކުރައްވާފައިވާ ގޮތުގައި، ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 8446 (އަށްހާސް ހަތަރުސަތޭކަ ސާޅީސް ހައެއް) މީހުންގެ ތެރެއިން، މާލެ ސިޓީން1736 ( އެއްހާސް ހަތްސަތޭކަ ތިރީސް ހައެއް) މީހުންނަށް، ބޮލަކަށް 3450 ( ތިންހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން ވަނީ 20 އެޕްރިލް 2023ގައި ޒަކާތު ފައިސާ ޖަމާކޮށްދީފައެވެ.

މީގެ އިތުރުން ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު 12989.3 ( ބާރަހާސް ނުވަސަތޭކަ އައްޑިހަ ނުވައެއް ޕޮއިންޓް ތިނެއް ) ކިލޯގެ ގޮވާންވެސް، 20 އެޕްރިލް 2023ގެ ނިޔަލަށް ވަނީ ބަހާ ނިޔަލަށް ވަނީ ބހައި ނިމިފައި ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.