Advertisement

ރައްޔިތުންގެ މަޖިލިސް ---

28 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އިންތިޚާބު ފަސްކުރުމަށް އާއްމު އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވައި، އަނބުރާ ފޮނުއްވާލެއްވި، އާއްމު އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖައްސާފައި ވަނީ، މިއަދު 13:00ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރުމަށް އާއްމު އިންތިޚާބުގެ ޤާނޫނަށް އިސްލާޙްގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއެވެ. ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރައްވާފައި ވަނީ، މިފެބުރުއަރީ މަހުގެ 11 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. ބިލް ތަސްދީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން، އެބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައި ވަނީ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުގައެވެ.

އާއްމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ މައިގަނޑު މަޤުޞަދަކަށް ވެފައި އޮތީ، ރޯދަމަހުގެ ތެރޭގައި އިންތިޚާބުތައް ނުބޭއްވުމެވެ. މިގޮތުން ޤާނޫނަށް ގެނައި އިސްލާޙްގައި ހިމަނާފައި ވަނީ، އިންތިޚާބެއް ބާއްވާ ތާރީޚް ރޯދަމަހާއި ދިމާވާނަމަ، ރޯދަމަސް ނިމިގެން 10 ދުވަސް ފަހުން އިންތިޚާބު ބޭއްވުމަށެވެ. މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މި ފެށޭ މާރިޗު މަހުގެ 17ވާ އާދީއްތަ ދުވަހުގައި ކަމަށް ވާއިރު، އެދުވަސް ދިމާވަނީ، ރަމަޟާން މަހުގެ 7 ވަނަ ދުވަހާއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި ވަނީ، އިންތިޚާބުތައް ބޭއްވުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަލާއިރު، ރޯދަމަހުގެ ކުރިންވެސް އަދި ރޯދަ މަހުގެ ފަހުންވެސް އިންތިޚާބު ބޭއްވެން އޮތީ ޤާނޫނަށް އިސްލާޙް ގެނެސްގެން ކަމަށެވެ.

އާއްމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ، ތަސްދީޤު ނުކުރައްވައި އަލުން މަޖިލީހަށް ފޮނުއްވި ނަމަވެސް އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރައްވައިފިނަމަ، އެބިލް ތަސްދީޤުކުރެއްވުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމް ވާނެއެވެ.

އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ އިތުރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ އެހެން ގިނަ ކަންތައްތަކެއްވެސް ހިމަނާފައެވެ. އޭގެ ތެރޭގައި، 9 ބިލަކާއި، ޤަރާރެއްގެ ފުރަތަމަ ކިިޔުން އިއްވުން ހިމެނެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަ އާއި ޢިނާޔަތްތަކުގެ އޮނިގަނޑު މުރާޖަޢާކޮށް އަލުން އެކުލަވާލުމަށް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ މަސައްކަތްވެސް މިއަދު ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.