Advertisement

ބާރަށުގައި ހުރި ތާރީޚީ އާސާރީ ކާނިގަހުގައި ރޯވެ އަނދަނީ ---

28 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ބާރަށުގައި ހުރި 400 އަހަރަށް ވުރެ ގިނަ ދުވަސްވީ ކާނިގަސް އަންދާލައިފި

މުހައްމަދު ތަކުރުފާނުގެ ޖިހާދާއި ގުޅިގައިފައިވާ، ހއ. ބާރަށުގައި ހުރި 400 އަހަރަށްވުރެ ގިނަ ދުވަސްވީ ކާނިގަހުގައި ރޯކޮށް އަންދާލައިފިއެވެ.

ބާރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ ރަމީޒު ވިދާޅުވީ، ގަހުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ގަހުގައި ރޯވެފައި ހުއްޓައި ފެނުނީ، ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ރޭ މެންދަމުން އަލިވެ 3:00 ޖަހައި އެހާކަންހާއިރު ކަމަށާއި، ފުލުހުުންނާއި އާއްމު ރައްޔިތުން ގުޅުގެން ކުރި މަސައްކަތުން، ގަހުގައި ރޯވެފައި ހުރި އަލިފާން ނިވާލެވުނީ، މިއަދު ހެނދުނު 7 ޖެހިފަހުން ކަމުގައި އަލީ ރަމީޒް ވިދާޅުވިއެެވެ.

ބާރަށުގައި ހުރި އެ ކާނިއަގަހަކީމ މިހާރު އޭގެ އުުމުރުން 500 އަހަރު ފުރުމާއި ގާތްވެފައިވާ ގަހެއް ކަމަށް ބެލެވިފައިވެއެވެ. ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، އަދި ތާރީޚީ ލިޔުންތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި އެކާނި ގަހަކީ، މުހައްމަދު ތަކުރުފާނު، ޕޯޗުގީޒުންގެ އަތްދޮށުން ރާއްޖެ ސަލާމަތްކުރެއްވުމަށް ބާރަށުގައި ބެންނެވި އޮޑި، ކަޅު އޮއްފުންމީގެ ރިޔާ ވިޔުމަށް ޖެހި ކާނި ކަޑައަކުން ހެދި ބޮޑުވެފައިވާ ގަހެކެވެ.

ކާނިގަސް ކުރިން ހުރި ގޮތް ފެންނަ ފޮޓޯއެއް -- ފޮޓޯ: ނާޖިޙް

ބާރަށުގެ ކައުންސިލްގެ ނައިބުރައީ ޢަލީ ރަމީޒް ވިދާޅުވީ އަލިފާނުެ ހާދިސާގައި އާސާރީ އެގަހުގެ %90 މުޅިން އަނދައިގެން ގޮސްފައިވާ ކަމަށާއި، ގަސް އަލުން ރޯވެ ހެދިދާނެ ކަމުގެ އުއްމީދުވެސް ވަރަށް ކުޑަކަމަށެވެ. އޭނާ ވިދާޅުވީ، ބާރަށުގެ ތާރީޚާއި އަދި ދިވެހިރާއްޖޭގެ ތާރީޚާއި ގުޅިފައިވާ މިފަދަ އާސާރަކަށް މިލިބުނު ބޮޑު ގެއްލުމަކީ، އެކަމާއި މެދު ބާރަށު ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.