Advertisement

އިބްރާހީމް ޝާކިރު - ގ. ސެފްރަން

27 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީގެ ފިލްމީ ތަރި "ޝާކިރުބޭ"ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު

ކުރީގެ މަޝްހޫރު ފިލްމީ ތަރި، އިބްރާހިމް ޝާކިރު (ޝާކިރުބެ) ރޭ ނިޔާވެއްޖެއެވެ. 

ޝާކިރުބެ ނިޔާވީ އުމުރުން 85 އަހަރުގައެވެ.

ޝާކިރުބޭގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ ، މިއަދުގެ މެންދުރު ނަމާދަށް ފަހުގައި، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ. ޖަނާޒާ އޮންނާނީވެސް ހުޅުމާލެ ސަހަރާގައެވެ.

ޝާކިރުބެއަކީ، ފިލްމީ ދާއިރާގައި 1980ގެ ކުރީކޮޅުން ފެށިގެން 2000 ގެކުރީ ކޮޅާއި ހަމައަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ގިނައިން ފިލްމުތަކުގައި ކުޅުއްވާފައިވަނީ ބަައްޕައެއްގެ ރޯލެވެ.

ޤައުމީ ޚިދުމަތުގައި ޝާކިރުބެ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ ޓީވީ މޯލްޑިވްސްގައެވެ. ޝާކިރުބެ ވިދާޅުވެފައިވާ ގޮތުގައި ޓީވީގެ ވަޒީފާއަށް ވެދެވަޑައިގަތީވެސް ފިލްމް ކުޅެން ބޭނުންވާތީއެވެ. އެންމެ ފުރަތަމަ ކުޅުއްވި ފިލްމަކީ ޓީވީ މޯލްޑިވްސްއިން ތައްޔާރު ކުރި، މަޖޫރީ ސޭޓް ކިޔާ ފިލްމެއް ކަމުގައި ޝާކިރުވެ ވިދާޅުވެފައެވެ.

ފިލްމީ ޙަޔާތުގަޔާއި ޓީވީގެ ޙަޔާތުގައި ޝާކިިރުބެއަކީ، ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ނަމޫނާ ޝަޚްސިއްޔަތެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.