Advertisement

ހުޅުމާލެ މަގު މަތި ---

20 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގައި ހިނގި ކާރު އެކްސިޑެންޓެއްގައިި އެކަކު މަރުވެ ދެމީހުން ޒަޚަމްވެއްޖެ

ހުޅުމާލޭގައި މިއަދު އިރު އޮއްސުނު ވަގުތު ހިނގި އެކްސިޑެންޓެއްގައި، އެކަކު މަރުވެ ދެމީހުން ޒަޚަމްވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މިއެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ހިތިގަސްމަގު ބުރިޖުކައިރިން ޕްލެޓިނަމް ފްލެޓްތައް ކައިރީގައި ކަމަށެވެ. މިއެކްސިޑެންޓް ހިނގާފައި ވަނީ، ޕްރައިވެޓް ކާރަކާއި ޓެކްސީއެއް ޖެހިގެންނެވެ. މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 65 އަހަރުގެ ޓެކްސީ ޑްރައިވަރުކަމަށާއި، އެކާރު މަތަވެފައި ވަނީ، ހިތިގަސްމަގު ބްރިޖު ކަރީގައި ޖަހާފައިވާ ރޯޑް ޑިވައިޑަރުގައި ޖެހިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އެޓެކްސީގައި އިނީ ޑްރައިވަރު އެކަނިކަމަށްވެސް ފުލުުން ވަނީ ބުނެފައެވެ.

މިހާދިސާގައި އަނިޔާވި އަނެއް ދެމީހުންނަކީ ޕްރައިވެޓް ކާުރުގައި ތިބި ދެމީހުންނެވެ. ފުލުހުންގެ އިދާރާއިން ބުނީ، އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

މިއެކްސިޑެންޓް ހިނގަން ދިމާވި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.