Advertisement

26 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ފާޅުކަން ބޮޑު ގޮތެއްގައި މަރާލި އަނަސްގެ ގާތިލުންގެ ގޮތުގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތެއްނުވި

2017 ވަނަ އަހަރު ރަހުމް ކުޑަ ގޮތަކަށް ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ/ ފެންފިޔާޒުގެ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

31 ޖުލައި 2017 ވަނަ ދުވަހުގެރޭ ހިނގި މި މާރާމާރީގައި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ހަމަލާދީފައިވާއިރު، އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ

މި މައްސަލާގައި 7 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހުން މަރާލިކަމަށް ދައުވާ އުފުލި 3 މީހަކާއި، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވެފައިވާކަމަށް 4 މީހެކެވެ. ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން ކުރީ ޅ. ކުރެންދޫ އަސުރުމާގޭ، އަހުމަދު ޒަޔާނާއި، މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފްގެ މައްޗަށެވެ. އަދި އެކަމުގައި ބައިވެރިވުމުގެ ދައުވާކުރީ ލ. ގަން ތުނޑި، ނަންނާރިގެ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަންބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހުފޫޒުގެ އިތުރުން ތ. ކިނބިދޫ ގުލްފާމުގެ، މުޙައްމަދު ޝާޒްގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވާގޮތުން، ދައުވާ ކުރެވޭ 7 މީހުން ކުށުގައި ބައިވެރިވި ކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައެއް ނުވެއެވެ. ގާޒީ އަލީ ނަދީމް އިއްވެވި ހުކުމުގައި ބުނާ ގޮތުން، ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ފުޓޭޖުތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ބުރަދަން ދެވޭ ވަރުގެ ހެއްކެއް ނެތެވެ. އަދި ސީސީޓީވީ ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން  ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ކޯލް ރެކޯޑުތަކާއި ހެކިންނާއި ސިއްރު ހެކިވެރިންގެ ހެކިބަހުން ވެސް އަނަސް މަރާލާފައިވަނީ އެ 7 މީހުންކަމަށް ސާބިތު ނުވާކަމަށް ވެސް ގާޒީ އަލީ ނަދީމް އިއްވެވި ހުކުމުގައި ވަނީ ބަޔާން ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ މި ހުކުމާ ގުޅިގެން އަނަސްގެ ބައްޕަ އަބްދުއްރާފިއު ވަނީ މާޔޫސްވެފައެވެ. އަދި އަނަސްއަށް އިންސާފު ލިބޭނެކަމަށް ކުރެވުނު އުއްމީދުތައް ވަނީ ފުނޑު ފުނޑު ވެފައެވެ

"...ހެކި ނެތިގެނެއް ނޫން ކުށް ސާބިތު ނުވީ. އަނަސްއެއް މިހާރަކު ނެތް. އަނަސްވީ އާސަހަރާގައި. ކަށިކޮޅު ވެސް މިހާރު އޮތް ކަމެއް ނޭނގެ. އަނަސްއެއް ނެތް، އަނަސް ނެތީމަ ގާޒީއަށް ވެސް އެނގެން ޖެހޭތާ އޭނާ މަރާލައިފި ކަން ކޮންމެވެސް ބަޔަކު،"

މާޔޫސްވެފައި ހުރި އަނަސްގެ ބައްޕަ އަބްދުއް ރާފިއު "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި

"ދިވެހިރާއްޖޭގައި ހިނގި އެންމެ ސާފު މަރު މިއީ. މިއަށްވުރެ ސާފުކޮށް މީހަކު މަރާލައިފައެއް ނޯންނާނެ. ސާބިތު ނުވުމަކީ އަޅުގަނޑުމެން ނިކަމެތިވުމާއި ފަގީރުވުމުގެ ނަތީޖާ. މޮޅު މީހުންނަށް މޮޅު ގޮތް، ނިކަމެތިންނަށް ދެރަ ގޮތް މި ގައުމުގަ އޮންނަ ގޮތަކީ. އޭގަ ނޯންނާނެ އިތުރު ގޮތެއް."

އަނަސްގެ ބައްޕަ އަބްދުއް ރާފިއު "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.