Advertisement

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން --

26 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުން މަދުކޮށްލީ ޕީޖީލީޑަރުންގެ އެދިވަޑައިގަތުމުގެ މަތިން - މަޖިިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުން މިހަފްތާއިން ފެށިގެން މަދުކޮށްލާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުން އެކަމަށް އެދިވަޑައިގެންފައިވާތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ބުރާސްފަތި ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިގައި ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި މިހާރު މަޖިލީހުން ޖަލްސާތައް ބާއްވަމުން އަންނަ އާއްމު ޝެޑިއުލާއި އެއްގޮތަށް ޖަލްސާތައް ބާއްވާ މިންވަރު މަދުކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިދުވަސްވަރު މަޖިލީހުގެ ޖަލްސާތައް ބޭއްވުން މަދުކޮށްލެއްވީ، ޕާޓީތަކުގެ ޕީޖީ ގުރޫޕުންގެ އަޤުލަބިއްޔަތު އެގޮތަށް ބޭނުންވެގެން ކަމުގައިވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާއްމު ޝެޑިއުލްގައި ޖަލްސާތައް ބާއްވާނީ ހަފްތާގެ، ހޯމަ، އަންގާރަ، އަދި ބުދަ މިތިންދުވަހުގައެވެ. އެހެން ނަމަވެސް މިހަފްތާގައި މަޖިލީހުގެ ޖަލްސާއެއް ބޭވުމަށް ހަމަޖައްސާފައި ވަނީ، މިފެބުރުއަރީ މަހުގެ 28ވާ ބުދަ ދުވަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ، ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާ އާއްމު ޝެޑިއުލަށް ބަދަލު ގެނެސް، ހަފްތާގެ ކޮންމެ ދުވަހަކު ޖަލްސާތައް ނުބޭއްވުމަށް ނިންމެވުމާއި ގުޅިގެން ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ފަރާތުން އެނގިފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުން މަދުކޮށްލުމަށް ހުށައެޅި އެ ބައްދަލުވުމުގައި، ދަ ޑިމޮކްރެޓްސްގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުގައިކަމަށް ވުމާއި، މަޖިލީހުަގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ގިނަ މެމްބަރުންތަކެއް މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާތީ، ކެމްޕޭނަށް ވަގުތު ހޯއްދެވުމަށް ގިނަ މެމްބަރުން މަޖިލީހުގެ ޖަލްސާތައް މަދުކުރަން ބޭނުންފުޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.