Advertisement

24 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މެއިންޒް ބަލިކޮށް ލެވަކޫސެން އިން ބެޔާންގެ ރެކޯޑެއް މުގުރާލައިފި

ޖަރުމަން ބުންޑަސް ލީގާގައި ރޭ ލީގުގެ 17 ވަނައިގައި އޮތް މެއިންޒް 2-1 އިން ބަލިކޮށް، ޒަބީ އަލޮންސޯގެ ބެޔާން ލެވަކޫސެންއިން މެޗަކުން ބަލިނުވެ ލީގުގައި ދަމަހައްޓަމުން އަންނަ ރެކޯޑު 33 މެޗަށް ދަންމާލައިފިއެވެ. މިއާއެކު ލެވަކޫސެންއިން މިވަނީ މީގެ ކުރިން ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައިވާ ބެޔާން މިޔުނިކްގެ އެ ރެކޯޑު  މުގުރާލައިފައެވެ.

ލެވަކޫސެންގެ ބޭއެރީނާގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ މެޗުގެ 3 ވަނަ މިނެޓުގައި ގްރެނިޓް ޖަކާ ޖެހި ގޯލަކުންނެވެ. ނަމަވެސް އޭގެ 5 މިނެޓު ފަހުން މެއިންޒްގެ ޑޮމިނިކް ކޮރް އިން މެޗު ހަމަހަމަ ކުރިއެވެ. ލެވަކޫސެންއަށް މެޗުން 3 ޕޮއިންޓު ޔަގީންކުރެވުނީ، ފަހު ހާފުގައެވެ. އެއީ މެޗުގެ 68 ވަނަ މިނެޓުގައި ރޮބަޓް އެންޑްރިޗް ކާމިޔާބުކުރި ގޯލަކުންނެވެ.

މި މޮޅާއެކު، ލެވަކޫސެންއިން މިވަނީ އެ ޓީމަށް ވުރެން އެއް މެޗު މަދުން ކުޅެފައިވާ ލީގުގެ ދެވަނައިގައި އޮތް ބެޔާން މިޔުނިކާ 11 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ

ލީގުގައި ބާކީ 11 މެޗު ލެވަކޫސަންއަށް އޮތްއިރު، އެ ޓީމަށް އަދި ދުވަހަކުވެސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ލީގުގެ ދެވަނަ 5 ފަހަރެއްގެ މަތިން ލިބިފައިވެއެވެ. އެގޮތުން އެ ޓީމު އެންމެ ފަހުން ލީގުގެ ދެވަނަ ހޯދާފައިވަނީ 2010/11 ސީޒަންގައެވެ. އަދި އެ ޓީމަށް އެންމެ ފަހުން ތައްޓެއް ކާމިޔާބު ކުރެވިފައިވަނީ މީގެ 20 އަހަރު ކުރިން 1993 ވަނަ އަހަރުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.