Advertisement

ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބުދުﷲ ޝާހިދާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން --

16 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ދިވެހިރާއްޖެއާ އެެމެރިކާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގެ ފޮރިން މިނިސްޓަރ (ނ.ޢ.ޢ.ވ) ޢަބުދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާ އެމެރިކާއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުކުރު ދުވަހުއެވެ.

މިބައްދަލުކުރެއްވުމާއި ގުޅޭތުން ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖެއާއި އެމެރިކާގެ ގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ނަތީޖާލިބެނިވި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

މިގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ، ދިވެހިންނަށް އެމެރިކާގެ ޔުނިވަސިޓީތަކުން މަތީތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމާއި، އިޤުތިޞާދީ ދާއިރާއިން ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކޮށް ވިޔަފާރިއާ އިންވެސްޓްމެންޓްގެ ދާއިރާއިން ފުރުޞަތުތައް ފަހިކުރުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ދަތުރުފަތުރު ފަސޭހަކުރުމުގެ ގޮތުން ވިސާގެ ލުއިތައް ދިނުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބައިނަލް އަޤުވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރުމާއި، އިންޑޯ ޕެސިފިކް ސަރަހައްދުގެ ޞުލުޙަ ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމެވެ.

މިބައްދަލުކުރެއްވުމުގެ އިތުރުންވެސް ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ވަނީ، އެމެރިކާ ސަރުކާރުގެ އިސްބައެއް ބޭފުޅުންނާއި، އެމެރިކާގެ ސެނެޓްގެ މެމްބަރުންނާއިވެސް ބައްދަލުކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.