Advertisement

22 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޑެނީ އަލްވޭޒްއަށް ޖަލު ހުކުމެއް ކޮށްފި

ބްރެޒިލްގެ ކުރީގެ ތަރި އަދި ސްޕެއިންގެ ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޑެނީ އަލްވޭޒްގެ މައްޗަށް ކުރަމުންދިޔަ ރޭޕުގެ ދައުވާ ސާބިތުވެއްޖެއެވެ. އޭނާއަށް ދައުވާކޮށްފައިވަނީ ބާސެލޯނާގެ ނައިޓް ކްލަބެއްގައި މީހަކު ރޭޕުކުރިކަމުގެ ތުހުމަތުގައެވެ.

މި މައްސަލަ ސާބިތުވުމާ ގުޅިގެން އޭނާއަށް ވަނީ 4 އަހަރާ 6 މަސްދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. މީގެ އިތުރުން، މި ހާދިސާގައި އަނިޔާ ލިބުނު ފަރާތަށް 150،000 ޔޫރޯ ދިނުމަށް ވެސް އެ ހުކުމުގައި އަމުރުކޮށްފައިވެއެވެ.

މިއީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. ނަމަވެސް 40 އަހަރުގެ ޑެނީ އަލްވޭޒް ވަނީ އޭރު އެކަމާ ދެކޮޅު ހަދާފައެވެ. އަލްވޭޒް ބުނަމުން ދިޔައީ، އެ މައްސަލަ ރައްދުވާ އަންހެން ކުއްޖާއަށް އެ މާހައުލު ދޫކޮށް ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ

މައްސަލަ ބެލި ފަނޑިޔާރު ބުނެފައިވަނީ، އަލްވޭޒް އެ އަންހެން ކުއްޖާ ރޭޕް ކޮށްފައިވަނީ ނައިޓް ކްލަބުގެ ވީއައިޕީ ސަރަހައްދަކަށް ގެންގޮސްފައިކަމަށެވެ. އަދި އެކަން އެހެން މީހުންގެ ބަޔާންތަކުން ޔަގީންކުރެވޭކަމަށް ވެސް ފަނޑިޔާރު ބުނެފައިވެއެވެ

އަލްވޭޒްގެ ވާހަކަ ފަހުން ވަނީ އެކި ގޮތްގޮތަށް ބަދަލުވެފައެވެ. އެ އަންހެން ކުއްޖާއާއި ނައިޓް ކްލަބުގެ ވީއައިޕީ ސަރަހައްދުގައި ހުންނަ ފާހާނައިން ދިމާވިކަމަށާއި، ނަމަވެސް ދެ މީހުންގެ ދެމެދުގައި އެއްވެސް ކަމެއް ނުހިނގާކަމަށް ފުރަތަމަ ބުންޏެވެ. އޭގެ ފަހުން ބުނެފައިވަނީ، އެ އަންހެން ކުއްޖާއާއި އެކު ބަދަލު އަހުލާގީ ގުޅުން ހިންގާފައިވާނީ ދެމީހުން ވެސް އެގޮތަށް ބޭނުންވެގެން ކަމުގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަލްވޭޒްހުރީ ވަގުތީ ބަންދެއްގައެވެ

އަލްވޭޒްވަނީ ބާސެލޯނާއަށް 400އަށް ވުރެން ގިނަ މެޗު ކުޅެދީފައެވެ. އަދި އޭނާ ބާސެލޯނާގައި ދެ ފަހަރެއްގެ މަތިން ހޭދަ ކުރި މުއްދަތުގައި، 6 ފަހަރު ސްޕެނިޝް ލީގު އަދި 3 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ. އަދި އޭނާވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލްގެ ސްކޮޑުގައި ވެސް ހިމަނާފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.