Advertisement

ޢަބުދުﷲ ޝާހިދު ---

20 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އިންތިޚާބަކާއި ނުލައި އެމްޑީޕީގެ ރައީސްކަން ޝާހިދަށް

އެމްޑީޕީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޢަބުދުﷲ ޝާހިދު ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ލައްވާފައި ނުވާތީ އެމަނިކުފާނު އެމަޤާމަށް ހޮވިއްޖެކަމުގައި އެމްޑީޕީން އިއުލާނުކޮށްފިއެވެ.

އެމްޑީޕީން އެޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލީ، މިފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. މިއަދު މުއްދަތު ހަމަވިއިރު، ރައީސް ކަމުގެ މަޤާމަށް ކުރިމަތިލައްވާފައި ވަނީ، ޢަބުދުﷲ ޝާހިދު އެކަންޏެވެ. އެމްޑީޕީން މީގެ ކުރިންވެސް ޢަމަލު ކުރަމުން އަންނަ ގޮތަކީ، އެއްކެނޑިޑޭޓަކު ކުރިމަތިލައްވައިފިނަމަ އެ މަޤާމެއްގެ އިންތިޚާބު ނުބޭއްވުމެވެ.

މީގެ ކުރިން އެމްޑީޕީގެ ރައީސް ކަމުގެ މަޤާމަކީ ވަރަށް ވާދަވެރި އިންތިޚާބުތަކެއް ބާއްވާފައިވާ މަޤާމެކެވެ. މިވަގުތު އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އަބުދުﷲ ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، 2013 ވަނަ އަހަރުގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައެވެ.

ޢަބުދުﷲ ޝާހިދަކީ، ދައުލަތުގެ ގިނަ އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި، އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއްބޭފުޅާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.