Advertisement

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން -- ފޮޓޯ: ސޯޝަ ލްމީޑިއާ

20 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ވެރިފަރާތުގެ ސިޓީއެއް ގެނައުމުން އައިޑީ ކާޑު ދޫކުރާ ގޮތަށް ހަމަޖައްސައިފި

އައިޑީކާޑު ހެއްދުމުގެ ކަންކަން ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، ކާޑު ބަލައި ވެރިފަރާތުގެ ސިޓީއަކާއެކު ފޮނުވާ ފަރާތްތަކަށް އައިޑީ ކާޑު ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

އެޑިޕާޓްމަންޓުން ނެރުއްވާފައިވާ ސަރކިއުލާއެއްގައި ވިދާޅުވެފައި ވަނީ، އެބަދަލަށް އަމަލުކުރަންފެށުމަށް ހަމަޖައްސާފައި ވަނީ މިފެބުރުއަރީ މަހުގެ 25ވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

ވެރިފަރާތުގެ ބަދަލުގައި އައީޑިކާޑާއި ހަވާލުވާން އަންނަ ފަރާތުން ސިޓީއެއް ގެނައުމުން އެފަރާތަށް އައިޑި ކާޑު ދޫކުރި ނަމަވެސް ކާޑު ނުލިބިގެން ވެރިފަރާތުން ޝަކުވާއެއްކޮށްފި ނަމަ އެމައްސަލައެއް ތަޙްޤީޤުކުރުމަށްޓަކައި ފުލުހުންނަށް ހުށައަޅައިގެން ކުރިޔަށް ގެންދާނެ ކަމުގައިވެސް ޑީޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

މިހާރު އަމަލުކުރަމުން އަންނަ ގޮތުން، އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އައިޑީކާޑު ދޫކުރާނީ، އެކާޑުގެ ވެރިފަރާތަށް އެކަންޏެވެ. އެހެން ނަމަވެސް، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާއި، ދާންމަތިވެފައިވާ ބަލި މީހުންގެ އައިޑީކާޑުތައް އެފަރާތެއްގެ ޝަރުޢީ ބަލަދުވެރިންނަށް އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަސް އެޑިޕާޓްމަންޓުން އައީ ދޫކުރަމުންނެވެ.

އައިޑީކާޑު ހެއްދުމަށް އޮންލައިންކޮށް ހުށައަޅަންޖެހޭ ގޮތަށް ޚިދުމަތް ފަސޭހަ ކޮށްފައިވާތީ މާލެ ނައިސްވެސް އައިޑިކާޑު ހެއްދުމަށް ހުށައެޅުމަކީ އާއްމު ރައްޔިތުންނަށް ފަސޭހަވެފައިވާ ކަމެކެެވެ. އެހެންނަމަވެސް ކާޑު ނެގުމަށް ކާޑުގެ ވެރިފަރާތުން އެކާޑެއް ދޫކުރުމަށް ކަނޑައަޅާފައިވާ މުައްސަސާއަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ހާޟިރުވުމަކީ ލާޒިމްކަމެއް ކަމުގައިވާތީ އާއްމު ރައްޔިތުންނަށް އެކަން އޮތީ ދަތި އުނދަގޫކަމަކަށްވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.