Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

15 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާ މާލީ އެހީ %50 ބޮޑުކުރައްވައި އިތުރު އެލަވަންސްތަކެއް ތަޢާރަފްކުރައްވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާ މާލީ އެހީ %50 ބޮޑުކުރައްވައި އިތުރު އެލަވަންސްތަކެއް ތަޢާރަފްކުރައްވައި އެކަމާއި ގުޅޭ ތަފްސީލްތައް ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭ ތަފްސީލްތައް ހާމަކުރެއްވީ، މިނިސްޓަރ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސް އާއިޝަތު މުޙައްމަދު ދީދީއެވެ.

މިނިސްޓަރ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީ ހުރިހާ ފަރާތްތަކަށްވެސް %50 އިންސައްތަ ރައީސުލްޖުމްހޫރިއްޔާ ބޮޑުކޮށްދެއްވާފައިވާ ކަމަށެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް، މިޖޫން މަހުންފެށިގެން އެންމެ މަދުވެގެން 3000ރ މާލީ އެހީގެ ގޮތުގައި ލިބޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަމުގެ ޙާލަތާއި ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކުރައްވައި އިތުރު އެލަންސްތަކެއްވެސް ދެއްވުމަށް ނިންމަވާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 6000ރ އާ ހަމައަށް އެލަވަންސް ލިބޭނެއެވެ.

މިގޮތުން ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ކަންކަން ނުކުރެވޭ މީހުންނަށް، އިތުރު 2000ރ ގެ އެލަވަންސްއެއް ދެއްވުމަށާއި، ނުކުޅެދުންތެރިކަމުގެ ސަބަބުން ބޭނުންވާ އާއްމު ތަކެތި ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 1000ރ ގެ އެލަވަންސަކާއި، އެއްގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ 3 މީހުންނަށްވުރެ ގިނައިން ތިބޭނަމަ އެލަވަންސްގެ ގޮތުގައި 1000ރ ދެއްވުމަށް ވަނީ ނިންމަވާފައެވެ.

މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާ މާލީ އެހީގެ މިންވަރު މުރާޖަޢާކޮށް އެހީގެ މިންވަރު ބޮޑުކޮށް އަދި ކެޓަގަރައިޒްކޮށްގެން އެހީތައް ދެއްވަން ފެށި ފުރަތަަމަ ފަހަރެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން މާލީ ޢިނާޔަތް ދެއްވަން ފައްޓަވާފައި ވަނީ ރައީސް މައުމޫނުގެ ވެރިކަމުގެ ދައުރުގައެވެ. މިގޮތުން ރައީސް މައުމޫނުގެ ދައުރު ނިމުނު އިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޢިނާޔަތުގެ ގޮތުގައި މަހަކު ދެއްވަމުން އައީ 500ރ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2000ރ ގެ މާލީ ޢިނާޔަތެއް ދެއްވަން ފެއްޓެވީ 2011 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.