Advertisement

ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުމުގެ ޙަފްލާގެ ތެރެއިން --

15 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ކުަޑަކުދިންނަށް ނަމޫނާ ދެއްކެވުމަށް ފަސްޓްލޭޑީ އެދިވަޑައިގެންފި

ކުޑަކުދިންނަކީ އިޙްސާންތެރި ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުންވެސް ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދޭ ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެދިވަޑައިގެންފިއެވެ.

ފަސްޓްލޭޑީ މިކަމަށް އެދިވަޑައިގެންނެވީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ހެނދުނު ބޭއްވި ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި އާއްމު ދިރުއުޅުމުގެ ކޮންމެކަމެއްގައި ވެސް ކުޑަކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދެވިގެން ނޫނީ ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ނުފެެންނާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ކުއްޖާ ރަނގަޅު ޝަޙުސިއްޔަތެއްގެ ގޮތުގައި ހެދިބޮޑުވުމަށް ސްކޫލާއި ބެލެނިވެރިންގެ އިތުރުން ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުންވެސް ރަނގަޅު ނަމޫނާ ދައްކުވައިދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ހުރިހާ ދިމާއަކަށްވެސް ސަމާލުކަންދޭންޖެހޭކަން ފާހަގަކުރައްވައި ސްކޫލްތަކުގައި ބާއްވާ ޙަފްލާތަކުގައިވިޔަސް ބެލެނިވެރިން ކުދިންނަށް ދޭ ކާނާގައިވެސް ފައިދާހުރި ރަނގަޅު ކާނާ ހިމެނުންފަދަ ކަންކަމާއި ތިމާވެށީގެ ދުވަހު ތަންތަން ސާފުކުރަންއުޅުމާއި އާތްޑޭ ފަދަ ދުވަސްތަކުގައި ހަމައެކަނި ބޮކި ނިންވާލާ ކަރަންޓް އިސްރާފުވުން ކުޑަކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެކަންކަމަކީ އެއީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުންފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަންދޭންޖެހޭ ކަން ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި ވަނީ އިންކްލޫސިވް އެޑިއުކޭޝަން، ވީ އެންމެ ފުޅާދާއިރާއެއްގައި ސްކޫލުތަކުގައި ކުރިޔަށް ގެންދިއުމުގައި ސްކޫލްތަކާއި އަދި ބެލެނިވެރިން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ޖަލްސާގައި އެކަމަނާ ވަނީ އެސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން އެސް.ކޭ.ޖީ 9، 10 އަދި 11ގެ ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފައެވެ.

ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލުން މިއަހަރު 243 ދަރިވަރުން ދަސްވެނިވެ ޓްރޮފީއާ ސެޓްފިކެޓް ހާޞިލުކޮށްފައިވެއެވެ.

ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލަކީ އައިލެންޑާސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ 1000އަށްވުރެ ގިނަ ކުދިން ކިޔވަމުން އަންނަ ޕްރީ ސްކޫލެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.